ކުޑަގިރިވޯޓަރ ސްލައިޑުން އެކްސިޑެންޓުވި ޒުވާަނަކު ނިޔާވެއްޖެ

ކުޑަގިރީގައި ހަދާފައި ހުރި ވޯޓާ ސްލައިޑުން އެކްސިޑެންޓުވި ޒުވާނަކަށް ފަރުވާދެމުން ދަނިކޮށް، މިއަދު ނިޔާވެއްޖެއެވެ.
އެކްސިޑެންޓުވެ ނިޔާވީ، ހ. ޕޯޓްސައިޑް، އުމަރު އަބްދުލްހަންނާނެވެ. އޭނާގެ އުމުރަކީ 34އެވެ.
އާބަންކޯއިން އޮންލައިން ނޫހަކަށް ބުނީ އުމަރު އެކްސިޑެންޓުވީ ވޯޓާ ސްލައިޑުން ބޯކޮޅު ވަތަށް ސްލައިޑްކޮށްލުމުން ކަމަށާއި، އޭނާ ވަރަށް ބާރަށް ގޮސް މޫދު އަޑީގައި ބޯ ޖެހުނީ ކަމަށެވެ.
ހާދިސާ ހިނގުމާއެކު، އޭނާ ވަގުތުން މާލެ ގެންގޮސް ހޮސްޕިޓަލަށް ގެންދިޔައިރު، އެކްސިޑެންޓުގެ ސަބަބުން އޭނާގެ ކަނދުރާ ވަނީ ބިނދިފައެވެ.
އަދި އޭނާއަށް ބޮޑެތި އަނިޔާތަކެއް ވެސް ވިއެވެ.







ކޮމެންޓް