Wednesday, 28 October 2026
Advertisement
STO — McCoy (leaderboard)
ޚަބަރު

ވަޒީފާ ދިނުމަށްފަހު، އަތުލާނެ ކަމުގެ ބިރު ދެއްކުމަކީ އަނިޔާއެއް: މުއިއްޒު

ވަޒީފާ ދިނުމަށްފަހު، އަތުލާނެ ކަމުގެ ބިރު ދެއްކުމަކީ އަނިޔާއެއް: މުއިއްޒު

ސަރުކާރުން ވަޒީފާ ދިނުމަށްފަހު، ވަޒީފާ އަތުލާނެ ކަމަށް ބުނެ ދައްކަމުން އަންނަ ބިރަކީ، ރައްޔިތުންނަށް ދޭ ނަފްސާނީ އަނިޔާ ކަމަށާއި، އެމަނިކުފާނު ވަޑައިގަންނަވަނީ މި އަނިޔާވެރިކަން ނިންމަން ކަމަށް ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ.މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

މި މަހުގެ 30 ވަނަ ދުވަހު ބާއްވާ، ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގެ ކެމްޕެއިނަށް، ބ.ކަމަދުއަށް ވަޑައިގެން، ސަޕޯޓަރުންނާއި ބައްދަލުކުރައްވައި ވާހަކަ ދައްކަވަމުން މުއިއްޒު ވިދާޅުވީ އެމަނިކުފާނު ވެރިކަމާއި ޙަވާލުވެވަޑައިގަންނަވަނީ ވަޒީފާގެ ބިރުވެރިކަން ނައްތާލުމަށް ކަމަށާއި، އެއްވެސް ވަޒީފާއެއް އަތުލައިގެން އެކަން ނުކުރެވޭނެ ކަމަށެވެ.
"އެހެންވީމަ، ވަޒީފާއިން ވަކި ކުރާނެ ކަމުގެ ބިރު، ދެން ކޮންމެ ދުވަހަކު ދައްކަވަން އުޅޭނެ ކަމެއް ނެތް. އަޅުގަނޑުމެން މި އަންނަނީ އިރާދަކުރެއްވިއްޔާ، މި ކަންބޮޑުވުންތަކުން، މި އުދާސްތަކުން، ރައްޔިތުން ސަލާމަތްކޮށްދޭން." އެމަނިކުފާނު ވިދާޅުވިއެވެ.
މުއިއްޒު ވިދާޅުވީ ވަޒީފާ ނުލިބޭ ފަރާތްތަކަށް، ވަޒީފާގެ ފުރުސަތުތައް ފަހިކޮށްދިނުމުގެ އިތުރުން، އާމްދަނީ ހޯދޭނެ އިތުރު ގޮތްތައް ވެސް، އެމަނިކުފާނުގެ ސަރުކާރުން ފަހި ކޮށްދެއްވާނެ ކަމަށެވެ.

ރިއެކްޝަން

Advertisement
Allied — Dhen Online (box)

ކޮމެންޓް