ޚަބަރު

އަމިއްލަ ޤައުމުގެ ކަންކަމަށް ބަސް ބުނުމުގެ ބާރެއް ނެތް: ނާޒިމް

ފަތޯނާ ފާއިޒު ، ދެން އޮންލައިން

ދިވެހި ޤައުމުގެ ކަންކަމަށް ބަސްބުނުމުގެ ބާރުވެރިކަން އޮތީ އެހެން ޤައުމެއްގެ މައްޗަށް ދޫކޮށްލާފައި ކަމަށް، ޕީޕީއެމް-ޕީއެންސީއާއި އެކުގައި ކޯލިޝަން ހަދާފައިވާ މޯލްޑިވްްސް ނޭޝަނަލް ޕާޓީ(އެމްއެންޕީ)ގެ ރައީސް ކާނަލް ރިޓަޔާޑް މުޙަމަދު ނާޒިމް ވިދާޅުވެއްޖެއެވެ.

Ads by STELCO

ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގެ ކެމްޕޭންގައި، އަވަށްޓެރި ސްރީލަންކާގައި ދިރިއުޅޭ ދިވެހި ރައްޔިތުންނާއިއެކު ރޭ ބޭއްވި ބައްދަލުވުމުގައި ނާޒިމަ ވިދާޅުވީ އަންނަ ހޮނިހިރު ދުވަހު ވޯޓު ފޮއްޓާއި ހަމައަށް ދާއިރު ރައްޔިތުންގެ އެންމެ ބޮޑު ކަންބޮޑުވުމަކީ މިނިވަންކަމާއިމެދު އޮތް ސުވާލުތައް ކަމަށެވެ.

އިންޑިއާގެ ސިފައިން އެކި ކަންކަމުގައި ރާއްޖޭގެ އެތައް ތަނެއްގައި ތިބިއިރު، މުޅި ޤައުމުގެ އިޤްތިޞާދުވެސް އިންޑިއާއަށް އެކި ބަރޯސާ ވެފައި އޮތް ކަމަށް ވެސް ކުރީގެ ދިފާޢީ ވަޒީރު ވިދާޅުވިއެވެ.

މިކަންކަމުން އަރައިގަނެ ރާއްޖެ ހެޔޮ މިސްރާބަކަށް މިނިވަންކަމުގެ މަންޒިލަކަށް ދެވޭ ވޯޓަކަށް 30 ވަނަ ދުވަހު ލާ ވޯޓު ހަދަންޖެހޭ ކަމަށް ނާޒިމް ވިދާޅުވިއެވެ.

އޭނާ އިތުރަށް ވިދާޅުވީ، އެތައް ރަށަކަށް ކެމްޕެއިން ތެރޭގައި ޒިޔާރާާތް ކުރެވުނުއިރު، ރައްޔިތުން ތިބި ހާލަތު ފެނިވަޑައިގެންނެވި ކަމަށާއި، އެއީ ވަރަށް ނިކަމެތި ހާލަތެއް ކަމަށެވެ.

އެހާލަތު ބަދަލު ކުރުމަށް މިސަރުކާރުން ކުރި ހަމަ އެއްވެސް ކަމެއް ނެތްކަމަށާއި، ރައްޔިތުންގެ ހާލަތު ބަދަލު ކުރެވޭނީ ރާއްޖޭގެ ރައްޔިތުންނަށް އިސްކަންދޭ ވެރިކަމެއް ގެނެސްގެން ކަމަށް ނާޒިމް ވިދާޅުވިއެވެ.

 

Ads by Allied Insurance
  1. އިއްބެ

    ބަސބުނަންޗާންސުދިންދުވަުނާ×ިމުބާރުގެބޭނުންކުރިގޮތްހަނދާންއެބަހުރިތައެހެންވީމައިނާޒިމަށްބަސްބުނުމުގެބާރުނުދެވެނީ(ނާޒިމުނޫންތަބުނީއިސްތިއުފާދިނުންނޫންގޮތެއްމިއަދަކުނެތްމިކަހަލައަންދާޤާނޫނުމީހަކަށްބަސްބުނނުމުގެބާރުދޭންވާނެތަރައްތިތުންއެހާމޮޔައެއްނޫން

  2. އިއްބެ

    ބަޤާވަތްކުރާމީހިނަކަށްއެޗާންސެއްނެއް

  3. މޭކްއިޓް

    ޖޭޕީގެ ސްޓޭންޑް ޖޭޕީން ވަނީ ދޫކޮށް މިގައުމުގައި އިންޑިއާ ސިފައިން ތިބުން އެއީ އެމެން ރުހޭ ކަމެއްގެ ގޮތުގައި ހަދާފައޭ ގާސިމް ދެއްކިވާހަކަ ތަކުގައި އެއްވެސް ތެދުވެރިކަމެއް އަދި އަމާނާތް ތެރިކަމެއް ނެތް ކަމޭ އެގިގެންދަނީ ބަދަލު ހިފުމާއި ހަސަދަވެރިކަން ކުރިއަށް ނެރޭ މީހަކު ކީރިތި ޤުރުއާނުގެ ތަފްސީރު ނެރެން އިސްނެގުން އެއީ ބަލައިގަނެވޭނެ ކަމެއްތޯ މިގައުމު މިނިވަންކުރުމަށް ޓަކައި ޕީޕީއެމް އާއި ގުޅޭށޭ ޖޭޕީ އަދި އުމަރު ނަސީރަށް ތާއީދު ކުރި ހުރިހާ މީހުން އުމަރު ނަސީރު އެއީ ވެސް ވަރަށް އަޑިނުބައި އަދި ގައުމުގެ މިނިވަން ކަން ދެކެ އެއްގޮތަކަށް ވެސް ލޯބިނުވާ ހަސަދަވެރިކަން ކުރިއަށް ނެރޭ ގަމާރު ބީތާ އެކޭ މިގައުމުގެ މިނިވަން ކަން ދެކެ ލޯބިވާ އެންމެން ޕީޕީއެމް އޮޑިއަށް އަރާ މިނިވަން ކަމުގެ ޖިހާދުގައި ބައިވެރިވާށޭ ކެއަރ އިނަފް ފޯރ ދަ ލިބަރޓީ އޮފް ދިސް ކަންޓްރީ މޭކް އަ ލިޓިލް ސްޕޭސް މޭކް އަ ބެޓަރ ޕްލޭސް ފޯރ ޔޫ އެން ފޯރ ދަ ނޭޝަން ފޯރ ޔޫ އެން ފޯރ މީ ފޯރ ޔޫ އެން ފޯރ މީ ފޯރ ޔޫ އެން ފޯރ މީ ފޯރ އެން ފޯރ މީ…