ޚަބަރު

ބަސް ބުނަނީ އަމިއްލަ އެދުމެއް ނެތި، ދެވަނަ ބުރުގައި ވެސް ތާއީދު ކުރަނީ ރައީސްއަށް: އުގެއިލް

ފަތޯނާ ފާއިޒު ، ދެން އޮންލައިން

އޭނާ އަކީ އަމިއްލަ އެދުމެއް ނެތި ބަސް ބުނާ މީހެއް ކަމަށް ޕްރޮފެސަރ ހުސެއިން އުގެއިލް ވިދާޅުވެއްޖެއެވެ.

Ads by STELCO

ރިޔާސީ އިންތިޚާބުގައި ދެވަނަބުރުގައި ވެސް ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙަށް ތާއީދު ކުރައްވާކަން ހާމަކުރައްވައި، އުގެއިލް ވިދާޅުވީ އޭނާގެ ނަޒަރުގައި މިއީ ޤައުމަށާއި ރައްޔިތުންނަށް މިވަގުތު އޮތް އެންމެ ރަނގަޅު ގޮތް ކަމަށެވެ.

"ދިވެހި ރައްޔިތުންގެ ޑިމޮކްރަޓިކް ޕާޓީއަކީ މިހާރު ރާއްޖެގައި ސިޔާސީގޮތުން އޮތް އެންމެ ހަރުދަނާ އަދި ތަޖްރިބާކާރު ޕާޓީ." އޭނާ ވިދާޅުވިއެވެ.

އުގައިލް ވިދާޅުވީ، ޑިމޮކްރަސީގެ އުސޫލުތަކާއި އަސާސްތަކަށް ތާއީދު ކުރާ ފަރުދެއްގެ ހައިސިއްޔަތުން އޭނާ ވޯޓު ދޭން ބޭނުންވަނީ އެމްޑީޕީއަށް ކަމަށާއި، މި ނިންމުމާ ގުޅިގެން ބައެއް ފަރާތްތަކުން އޭނާށް މަލާމާތާއި ފުރައްސާރަ ރައްދުކުރާނެކަން ވެސް އެނގޭ ކަމަށެވެ.

"އަޅުގަނޑުގެ ބޮލުގައި ފާޑުފާޑުގެ ދޮގު އިލްޒާމްތައް އަޅުވާނެކަން ވެސް އެނގޭ. ސަރުކާރުން ނުވަތަ ވެރިއެއްގެ ފަރާތުން އަޅުގަނޑު އަމިއްލަގޮތުން ބޭނުންވާ އެއްވެސް އެއްޗެއް ނެތް. އަޅުގަނޑަކީ ހަލާލުގޮތުގައި ހޯދާ ފައިސާއާއި މުދަލުން އަޅުގަނޑާއި އަޅުގަނޑުގެ އާއިލާގެ ދިރިއުޅުން ސާދާގޮތުގައި ތަރުތީބުކުރަމުން ކުރިއަށްދާ މީހެއް".

އުގައިލް ވިދާޅުވީ މިހަގީގަތް ހެޔޮވިސްނޭ، ދިވެހި ފަރުދުންނަށް ރަނގަޅަށް އެނގި ވަޑައިގަންނަވާނެ ކަމަށެވެ.

އަދި އޭނާ އަކީ އަބަދުވެސް ޤައުމާއި ދިވެހި ރައްޔިތުންގެ ޙައްޤުގައި އަމިއްލަ އެދުމުން އެއްކިބާވެ ހުރެ، ބަސްބުނާ މީހެއްކަން ހެޔޮވިސްނޭ ހުރިހާ ދިވެހިންނަށް އެނގިވަޑައިގަންނަވާނެ ކަމަށްވެސް ވިދާޅުވިއެވެ.

Ads by HDC
  1. ސައުސަން

    ޅ. އަތޮޅުން ފަޅުރަށެއް ލިބިލައްވާފައިވޭތޯ ނުވަތަ ނޫންތޯ ރައްޔިތުންނަށް ސާފުކޮށްލަދިނީމާ ފުދޭނެ!