ޚަބަރު އިޖުތިމާޢީ ސަރުކާރު

ރާއްޖެއިން ޢުމްރާއަށް މީހުން ގެންދިޔުމަށް ޝައުޤުވެރިވާ ފަރާތްތަކަށް ފުރުސަތު ހުޅުވާލައިފި

ޙައްވާ އިނާޝާ ، ދެން އޮންލައިން

ދިވެހިރާއްޖެއިން ޢުމްރާއަށް މީހުން ގެންދިޔުމަށް ޝައުޤުވެރިވާ ފަރާތްތަކުން ޕްރޮޕޯޒަލް ހުށަހެޅުމަށް ހުޅުވާލައިފިއެވެ.

Ads by STELCO

އިސްލާމިކް މިނިސްޓްރީން މިއަދު ވިދާޅުވީ، މި ފުރުސަތު ހުޅުވާލާފައި ވަނީ 24 އޮކްޓޯބަރު 2023ގެ ނިޔަލަށް ކަމަށެވެ.

ދިވެހިރާއްޖެ އިން މީހުން ޢުމްރާއަށް ގެންދިޔުމާބެހޭ އުސޫލުގެ 9 ވަނަ މާއްދާގެ ރ ގައި، ޢުމްރާއަށް މީހުން ގެންދިޔުމަށް ކޮންމެ މީލާދީ އަހަރަކު 2 ފަހަރު އިޢުލާން ކުރަން ވާނެކަމަށް ބަޔާންކޮށްފައިވާ ކަމަށާއި މިއީ މި އަހަރުތެރޭ އިޢުލާން ކުރެވޭ 2 ވަނަ ފަހަރު ކަމަށް އިސްލާމިކް މިނިސްޓްރީން ހާމަކުރައްވައެވެ.

އިސްލާމިކް މިނިސްޓްރީން ވިދާޅުވީ، މި އުސޫލުގެ 9 ވަނަ މާއްދާގައި ރާއްޖެއިން ޢުމްރާއަށް މީހުން ގެންދިޔުމުގެ ހުއްދަ، ޢުމްރާއަށް މީހުން ގެންދިޔުމަށް ހުށަހަޅާ ކުންފުނިތަކުގެ ތެރެއިން ޝަރުތު ހަމަވާ ކުންފުނިތަކަށް ދެވޭނެ ކަމަށް ބަޔާންކޮށްފައިވާއިރު، ހުއްދައަށް ހުޅުވާލުމާއެކު މިހާރު ހުއްދައިގެ މުއްދަތު ހަމަވެފައިވާ ކުންފުނިތަކަށް ވެސް މިކަމަށް އެދުމުގެ ފުރުސަތު އޮންނާނެ ކަމަށެވެ.

ހަމަ އެހެންމެ ނޮވެމްބަރު މަހަށް މުއްދަތު ހަމަވާ ކުންފުނިތަކަށް ވެސް ހުއްދައަށް އެދި ހުށަހެޅުމުގެ ފުރުސަތު އޮންނާނެ ކަމަށް އިސްލާމިކް މިނިސްޓްރީން ހާމަކުރައްވައެވެ.

މީގެ އިތުރުން އިސްލާމިކް މިނިސްޓްރީން ވިދާޅުވީ ޝަރުތު ހަމަވާ ކުންފުނިތަކަށް ހުއްދަދެވޭނީ ދެ އަހަރު ދުވަހަށް ކަމަށެވެ.

ޢުމްރާއަށް މީހުންގެ ގެންދިއުމުގެ ހުއްދައަށް އެދި ހުށަހަޅަންޖެހޭ ޕްރޮޕޯޒަލް ފޮތް މިނިސްޓްރީގެ ވެބްސައިޓުން ލިބޭނެ ކަމަށާއި ޕްރޮޕޯޒަލް ބަލައިގަތުން ހަމަޖެހިފައި ވަނީ 08 އޮކްޓޯބަރު 2023ވާ އަންގާރަ ދުވަހުން ފެށިގެން 24 އޮކްޓޯބަރު 2023ގެ ނިޔަލަށް މިނިސްޓްރީގެ ކައުންޓަރުން ކަމަށް އިސްލާމިކް މިނިސްޓްރީން ހާމަކުރައްވައެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!