ޚަބަރު

ކޮވިޑް-19: ކިނޮޅަހުން މީހަކު ފައްސިވެއްޖެ

މަރްޔަމް ވަޙީދާ ، ދެން އޮންލައިން

ރ. ކިނޮޅަހުން މީހަކު ކޮވިޑަށް ފައްސިވެއްޖެއެވެ.

Ads by STELCO

އެނގިފައިވާ ގޮތުގައި ކިނޮޅަހުން ކޮވިޑަށް ފައްސި ވެފައިވަނީ އެރަށުގައި ހޯމް ކަރަންޓީނުގައި ހުރި ބިދޭސީ އެކެވެ.

ހެލްތު އެމަޖެންސީ އޮޕަރޭޝަންސް ސެންޓަރުގެ ތަރުޖަމާނު އަދި ހެލްތު މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރ ތަސްލީމާ އުޘްމާން "ދެން" އަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ ފައްސި ވެފައިވަނީ 53 އަހަރުގެ ފިލިޕީންސް ރައްޔިތެއް ކަމަށެވެ.

ކިނޮޅަސް މިވަގުތު ވަނީ މޮނީޓަރިންގެ ހާލަތަށް ގެންގޮސްފައެވެ.

މިހާތަނަށް ރާއްޖެއިން ކޮވިޑަށް 6،660 މީހުން ވަނީ ފައްސި ވެފައެވެ. އިއްޔެ މިބައްޔަށް 96 މީހުން ފައްސިވެފައިވާއިރު އޭގެތެރޭގައި 64 މީހުންނާއި 26 ބަންގްލަދޭޝް ރައްޔިތުން އަދި ހަތަރު ޝްރީ ލަންކާ ރައްޔިތުންނާއި އިންޑިއާ ރައްޔިތަކާއި ނޭޕާލް ރައްޔިތެއްވެސް ހިމެނެއެވެ.

އިއްޔެގެ ތަފާސް ހިސާބުތަކަށް ބަލާލާއިރު 10 ރިސޯޓެއްގައި ފައްސިވީ މީހުން އެބަތިބި ކަމަށާއި އޭގެތެރޭގައި ހަތަރު ފަތުރުވެރިއަކާއި 13 މުވައްޒަފެއް ވެސް ހިމެނޭކަމަށް އެޗްޕީއޭއިން ބުނެފައިވެއެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!