ޚަބަރު

މުޢިއްޒުގެ ފަހު ބަސް: ޤާއިމު ކުރާނީ، ދެ ފުށް ފެންނަ، ސާފު ސަރުކާރެއް

ފަތޯނާ ފާއިޒު ، ދެން އޮންލައިން

އެމަނިކުފާނު ޤާއިމު ކުރައްވާނެ ސަރުކާރަކީ ދެ ދުފުށް ފެންނަ، ސާފު ސަރުކާރަކަށް ވާނެ ކަމަށް ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް، ޑރ.މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

Ads by Hajj Corporation

ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގެ ކެމްޕެއިން ނިންމަވައިލެއްވުމަށް، މިއަދު ބޭއްވި ހިނގާލުމުގައި، އެންމެ ފަހު ވާހަކަފުޅުގެ ގޮތުގައި މުޢިއްޒު ދެއްވި ޔަޤީން ކަމަކީ، އެމަނިކުފާނުގެ ސަރުކާރުން ރައްޔިތުންނަށް ޖަވާބުދާރީވާނެ ކަމުގެ ޔަޤީންކަމެވެ.

ކެމްޕެއިނުގައި، ތަކުރާރުކޮށް އެއްވާހަކައެއް ދައްކަމުންދާއިރު ވެސް ހަގީގަތާއި ޚިލާފު އެތައް ވާހަކައެއް، ވާދަވެރިން ދައްކަމުންދާކަން ވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

"އެހެންނަމަވެސް، ދިވެހި ރައްޔިތުންނަކީ އެއަށްވުރެ މާ ހޭލުންތެރި ބައެއް، އެއަށްވުރެ މާ ލޯހުޅުވިފައިވާ ބައެއް. އެއަށްވުރެ ޤައުމުދެކެ ލޯބިވާ ބައެއް." އެމަނިކުފާނު ވިދާޅުވިއެވެ.

 

މުއިއްޒު އިތުރަށް ވިދާޅުވީ، އެމަނިކުފާނުގެ ކެބިނެޓް ވެގެންދާނީ ވަރަށް ޤާބިލު، އަދި ދިވެހީން ފަޚުރުވެރިވާނެ ފަދަ ކެބިނެޓަކަށް ކަމަށެވެ.

 

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!