މާލޭގެ މޭޔަރު ކަމަށް ވާދަކުރަން މަހްލޫފް ނިންމައިފި

އިންތިޚާބީ ރައީސް ޑރ. މުޙައްމަދު މުޢިއްޒު ރައީސް ކަމުގެ ހުވާކުރެއްވުމުން، އެމަނިކުފާނު މިހާރު ހުންނެވި މާލެ ސިޓީ ކައުންސިލުގެ މޭޔަރު ކަމުގެ މަޤާމުގެ ބައި-އިލެކްޝަނުގައި ވާދަކުރެއްވުމަށް ޔޫތު މިނިސްޓަރު އަހްމަދު މަހުލޫފް ނިންމަވައިފިއެވެ.
މޭޔަރު ކަމަށް ވާދަކުރައްވާނެކަމަށް އިޢުލާނުކުރައްވަމުން މަހްލޫފު ވަނީ މާލޭގެ ހުރިހާ ރައްޔިތުން އެބޭފުޅާއަށް ތާއީދުކޮށްދެއްވުމަށް އެދިވަޑައިގެންފައެވެ.
https://twitter.com/AhmedMahloof/status/1709438314212982964
އިންތިޚާބީ ރައީސް މުޢިއްޒު މާލޭ ސިޓީ މޭޔަރު ކަމަށް އިންތިޚާބުވީ 2021 ވަނަ އަހަރުގައެވެ. އެއީ ރައްޔިތުން އިންތިޚާބުކޮށްގެން މާލޭގެ މޭޔަރު ކަމަށް ބޭފުޅަކު އިންތިޚާބު ކުރި ފުރަތަމަ ފަހަރެވެ.






ކޮމެންޓް