ހޯމް މިނިސްޓަރު އިމްރާން ތުރުކީއަށް ވަޑައިގަންނަވަނީ
އަދާލަތު ޕާޓީގެ ރައީސް އަދި ހޯމް މިނިސްޓަރު އިމްރާން ތުރުކީ އަށް ފުރާވަޑައިގަންނަވާ ގޮތަށް ހަމަޖެހިއްޖެއެވެ.
އަދާލަތު ޕާޓީގެ ރައީސް އިމްރާންގެ މިދަތުރުފުޅަކީ ތުރުކީގައި ވެރިކަން ކުރާ އޭކޭ ޕާޓީގެ ދައުވަތަކަށް ކުރައްވާ ދަތުރުފުޅެކެވެ.
މި ދަތުރުފުޅުގައި އިމްރާންގެ އަރިހުގައި އަދާލަތު ޕާޓީގެ ނައިބް ރައީސް އަދި މިނިސްޓަ އޮފް ސްޓޭޓް ފޯ ފިނޭންސް އަހްމަދު ޝަރީފް ތުރުކީއަށް ވަޑައިގަތުމަށް ވަނީ ހަމަޖެހިފައެވެ.
އިމްރާން ތުރުކީ އަށް ވަޑައިގަތުމަށް ހަމަޖެހިފައި ވާއިރު ނިމިދިޔަ ރިޔާސީ އިންތިޚާބުގައި އަޑު ފެތުރުނު ގޮތުގައި ސަރުކާރު ހިންގާ މައި ޕާޓީގެ ރިޔާސީ ކެންޑިޑޭޓު ރައީސް އިބްރާހިމް މުހައްމަދު ޞާލިހް ބަލިވެއްޖެނަމަ އިމްރާން ތުރުކީއަށް ވަޑައިތުމަށް ހަމަޖެހިފައިވާ ކަމަށް ރާއްޖޭގެ އޮންލައިން މީޑިއާއަކުން ވަނީ ރިޕޯޓު ކޮށްފައެވެ.