Friday, 6 November 2026
Advertisement
HDC — Share-Below (leaderboard)
ޚަބަރު

ކަރަންޓު މަސައްކަތްކުރާ މީހުން، ދަފްތަރުގައި ޖެހުމަށް ހުޅުވާލައިފި

ކަރަންޓު މަސައްކަތްކުރާ މީހުން، ދަފްތަރުގައި ޖެހުމަށް ހުޅުވާލައިފި

ކަރަންޓު މަސައްކަތް ކުރުމުގެ ހުއްދަ ނަގާފައިވާ މީހުންގެ ދަފްތަރު އަޕްޓޭޓުކުރުމަށްޓަކައި، އެފަދަ މަސައްކަތްކުރާ މީހުން، ޔޫޓިލިޓީ ރެގިއުލޭޓަރީ އޮތޯރިޓީއަށް ހުށައަޅަން އެދިއްޖެއެވެ.

ޔޫޓިލިޓީ ރެގިއުލޭޓަރީ އޮތޯރިޓީން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ކަރަންޓު މަސައްކަތް ކުރާ ފަރާތްތަކުން، ދަފްތަރުވުމަށް އެކަމަށް ޚާއްޞަ ފޯމު، އަންނަ އަހަރުގެ އޭޕްރީލް މަހުގެ 4ގެ ކުރިން ހުށައެޅުމަށް އެދޭކަމަށެވެ. އަދި މި ފޯމު، ޔޫޓިލިޓީ އޮތޯރިޓީގެ ވެބްސައިޓުންވެސް ލިބޭނެކަމަށް އެ ބަޔާނުގައި ވެއެވެ.

ޔޫޓިލިޓީ އޮތޯރިޓީން ދީފައިވާ މުއްދަތުގެ ތެރޭގައި ފޯމު ހުށަނާޅާ ފަރާތްތަކަކީ، ކަރަންޓު މަސައްކަތް ނުކުރާ ފަރާތްތަކެއްކަމަށް ނިންމާނެކަމަށްވެސް އެ އޮތޯރިޓިން ބުންޏެވެ. އެގޮތުން މިއަހަރުގެ މާރޗް މަހުގެ 15 ކުރިން ނަގާފައިވާ ހުރިހާ ލައިސަންސެއް ބާޠިލް ކުރެވޭނެކަމަށް ވެސް އެ ބަޔާނުގައި ބުނެފައިވެއެވެ.

Advertisement
Ooredoo — Square (box)

ކަރަންޓު މަސައްކަތްކުރާ މީހުންގެ އައު ދަފްތަރެއް އެކުލަވާލުމުގެ ބޭނުމަކީ، ޔޫޓިލިޓީ ރެގިއުލޭޓަރީ އޮތޯރިޓީ އުފެދުމުގެ ކުރިން އެހެނިހެން މުއައްސަސާތަކުން، ލައިސަންސް ހޯދާފައިވާ ފަރާތްތަކުގެ ތެރެއިން، މިހާރުވެސް ކަރަންޓު މަސައްކަތް ކުރާ ފަރާތްތަކަކީ ކޮބައިކަން ދެނެގަތުމެވެ.

އަދި އެ ފަރާތްތަކުގެ ވަނަވަރު އެއްކޮށް، މުޢާމަލާތް ކުރެވޭނެ ގޮތުގެ މަޢުލޫމާތު އައު ކުރުން ކަމަށްވެސް އެ އޮތޯރިޓީން ބުންޏެވެ.

ރިއެކްޝަން

Advertisement
Ooredoo — Truecaller (box)

ކޮމެންޓް