Tuesday, 3 November 2026
Advertisement
Allied Insurance (leaderboard)
ޚަބަރު

ފަލަސްތީނުގެ ރައްޔިތުންނަށް އެހީވުމަށް އެންމެން މަސައްކަތް ފަށަން ޖެހޭ: އިމްރާން

ފަލަސްތީނުގެ ރައްޔިތުންނަށް އެހީވުމަށް އެންމެން މަސައްކަތް ފަށަން ޖެހޭ: އިމްރާން

ފަލަސްތީނުގެ ރައްޔިތުންގެ ހައްގުގައި މަސައްކަތްތައް ފެށުމަށް ހޯމް މިނިސްޓަރު އަދި އަދާލާތު ޕާޓީގެ ރައީސް އިމްރާން އަބްދުﷲ ގޮވާލައްވައިފިއެވެ.

އިމްރާން ކުރެއްވި އެކްސްއެއްގައި ވިދާޅުވީ ފަލަސްތީނުގެ މައްސަލައަކީ މުޅި އިސްލާމީ އުންމަތާ ގުޅުންހުރި މައްސަލައެއްކަމަށެވެ.

އަދި ފަލަސްތީނުގެ ރައްޔިތުން ހާލުގައި ޖެހި ކާބޯތަކެއްޗާއި ބޭސް ފަރުވާ ކުރެވޭނެ ގޮތެއް ނެތި މަރުވެގެންދާން ދޫކޮށްފައި ބަލަހައްޓައިގެން ތިބުމަކީ މުއުމިނުންގެ ހިތަށް ކުޅަދާނަވާނެކަމެއް ނޫންކަމަށާއި އެހެންކަމުން އެ ގައުމުގެ ރައްޔިތުންނަށް އެހީވުމަށް މަސައްކަތްތައް ފެށަން ޖެހޭ ކަމަށް ވިދާޅުވިއެވެ.

Advertisement
Ooredoo — Truecaller (box)

ފަލަސްތީނުގެ ބިންތަކަށް ވެރިވެގަނެ، އެ ތަނުގައި ވަޒަންވެރިވެގެން އުޅޭ ޔަހޫދީންގެ އާންމުން ފަލަސްތީނުގެ އާންމު ރައްޔިތުންނާ އަމާޒުކޮށް ދެމުންދާ ހަމަލަތައް ފަހަކަށް އައިސް ވަނީ އިތުރު ކޮށްފައެވެ.

އެގޮތުން ފަލަސްތީނުގެ ގާޒާގައި ހަރަކާތްތެރިވާ މުޖާހިދުންގެ ޖަމާއަތެއްކަމަށްވާ ހަމާސްއިން ވަނީ މިދިޔަ ހޮނިހިރު ދުވަހު އިޒްރޭލުގެ ރަށްތަކަށް އަމާޒުކޮށް ވަރުގަދަ ރޮކެޓް ހަމަލަތަކެއް ދީފައެވެ.

ރިއެކްޝަން

Advertisement
Ooredoo — Square (box)

ކޮމެންޓް