ދުނިޔެ

ޣައްޒާ ބަންދުކޮށް މުސްލިމުން ބިކަކޮށްލުމަށް ޔަހޫދީން މަކަރުވެރި އޮޕަރޭޝަނެއް

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

ޣައްޒާގައި ދިރިއުޅޭ މުސްލިމުން ބިކަ ހާލުގައި ޖެއްސުމަށް ޔަހޫދީ އިސްރާޢީލުން ޚާއްޞަ އޮޕަރޭޝަނެއް ފަށައިފިއެވެ. މި އޮޕަރޭޝަންގެ ދަށުން ޣައްޒާގައި ދިރިއުޅޭ 2.3 މިލިއަން ރައްޔިތުންނަށް ބޭނުންވާ ޒަރޫރީ ސާމާނު އެތެރެކުރުމަށް ވަނީ ހުރަސް އަޅާފައެވެ.

Ads by Sosun Fihaara

ޣައްޒާގައި ދިރިއުޅޭ މުސްލިމުން ބިކަކޮށްލުމަށް ޔަހޫދީ އިސްރާޢީލުގެ ހަރުކަށި ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ އިސްވެ ހުރެ މަސައްކަތްތައް ފަށާފައި މި ވަނީ، އިސްރާޢީލާ ދެކޮޅަށް ހަނގުރާމަ އިޢުލާނުކޮށް ޙަމާސް ޖަމާޢަތުން 'އޮޕަރޭޝަން އަޤްޞާ ފްލަޑް'ގެ ނަމުގައި މުޅި ދުނިޔެ ސިއްސުވައިލާ ވަރުގެ ބޮޑު، އަދި ކާމިޔާބު އޮޕަރޭޝަނެއް ފެށުމާ ގުޅިގެންނެވެ.

ޣައްޒާގެ މުސްލިމުން ހާލުގައި ޖެއްސުމުގެ ނުބައި ނިޔަތުގައި ނަތަންޔާހޫގެ އަމުރަށް ޣައްޒާއަށް ކާބޯތަކެތި އެތެރެކުރާ މަގުތައް މިހާރު ވަނީ ބަންދުކޮށްފައެވެ. އަދި، ޣައްޒާގެ ރައްޔިތުން ބުއިމަށް ސާފު ބޯފެން ދޫކުރުން ވެސް ވަނީ ހުއްޓައިލާފައެވެ. މީގެ އިތުރުން، ޣައްޒާއަށް ތެޔޮ އެތެރެ ކުރުމަށްވެސް ނަތަންޔާހޫ ވަނީ ހުރަސް އަޅާފައެވެ. ތެޔޮ ހުސްވުމާ އެކު، ޣައްޒާއިން ކަރަންޓުގެ ޚިދުމަތް ކެނޑި، އެ ސަހަރު ކަނު އަނދިރީގެ ތެރެއަށް ވެއްޓޭނެއެވެ.

'އޮޕަރޭޝަން އަޤްޞާ ފްލަޑް"ގެ ދަށުން ޙަމާސްއިން ދިން ހަމަލަތަކުގައި މަރުވެފައިވާ ޔަހޫދީންގެ ޢަދަދު މިހާރު 800 އަށްވުރެ މައްޗަށް އަރައެވެ. އަދި، ޒަޚަމު ކޮށްލާފައިވާ މީހުންގެ ޢަދަދު 2,240 އަށްވުރެ މައްޗަށް އަރައެވެ. އިސްރާޢީލުގެ ދެކުނުގައިވާ ބައެއް ރަށްތަކުގެ ބައެއް ސަރަޙައްދުތައް އަދިވެސް އޮތީ ހަމާސްގެ ބާރުގެ ދަށުގައެވެ. ޙަމާސްއިން ވަނީ ޔަހޫދީންގެ ގިނަ ޢަދަދެއްގެ ބަޔަކު ރަހީނު ކޮށްގެން ޣައްޒާއަށް ގެންގޮސްފައެވެ. އޭގެ ތެރޭގައި ގިނައީ ޔަހޫދީންގެ ޖައްބާރު ސިފައިންނާއި ފުލުހުންގެ މީހުންނެވެ.

މި އޮޕަރޭޝަންގެ ރައްދުގައި ޔަހޫދީ އިސްރާޢީލުގެ އަސްކަރިއްޔާއިން ޣައްޒާއަށް ދެމުންދާ ހަމަލަތަކުގައި ޝަހީދު ކޮށްލާފައިވާ ފަލަސްޠީނުގެ ރައްޔިތުންގެ ޢަދަދު މިހާރު 560 އަށް އަރައެވެ. އަދި، ޒަޚަމުކޮށްލާފައިވާ މީހުންގެ ޢަދަދު 2,750 އަށްވުރެ އިތުރެވެ. ޔަހޫދީންގެ ހަމަލަތަކުގައި ގެދޮރު ހަލާކުވެ، މަގުމަތިވެފައިވާ ފަލަސްޠީނުގެ ރައްޔިތުންގެ ޢަދަދު މިހާރު ވަނީ 120,000 އަށް އިތުރުވެފައެވެ.

އިސްރާޢީލުގެ އިރުމަތީގައި އޮންނަ ލުބުނާނުގައި ހަރަކާތްތެރިވާ ޙިޒްބުﷲ ޖަމާޢަތުން ވެސް، ޙަމާސްގެ ކެމްޕޭނުގައި ބައިވެރިވުމުގެ ގޮތުން އިސްރާޢީލުގެ އަމާޒުތަކަށް ހަމަލަދީފައިވެއެވެ. އަދި، ޙިޒްބުﷲގެ މުޖާހިދުންގެ ގުރޫޕުތަކުން ސަރަޙައްދީ ރޮނގު ހުރަސްކޮށް އިސްރާޢީލަށް އެތެރެވާން މަސައްކަތް ކޮށްފައިވާ ކަމަށާއި، އެ މީހުން ހުއްޓުވާފައިވާ ކަމުގައި ޔަހޫދީ އަސްކަރިއްޔާއިން ބުނެއެވެ.

ލުބުނާނުގައިވާ ހިޒްބުﷲގެ އަމާޒުތަކަށް ވަރުގަދަ ހަމަލަތަކެއް ދީފައިވާނެ ކަމުގައި ވެސް އިސްރާޢީލުގެ އަސްކަރިއްޔާއިން ބުނެއެވެ. ލުބުނާނުގައި ސުލްޙަ ބަލަހައްޓާ އ.ދގެ ފައުޖު، ޔުނިޓެޑް ނޭޝަންސް އިންޓެރިމް ފޯސަސް އިން ސަދަން ލެބަނޮން (ޔުނިފިލް)އިން ވެސް ވަނީ، ލުބުނާނުގެ ހުޅަނގުދެކުނުގައިވާ އަލް-ބުސްތާނަށް އިސްރާޢީލުން ހަމަލަތަކެއް ދީފައިވާ ކަން ކަށަވަރު ކޮށްދީފައެވެ.

އެއްގަމު މަގުން ޣައްޒާއަށް އަރައި، މުސްލިމުންގެ ލޭއޮހޮރުވައިލަން ޔަހޫދީ އިސްރާޢީލުގެ ސިފައިން މިހާރު ދަނީ ތައްޔާރުވަމުންނެވެ. މި ގޮތުން، ޣައްޒާގެ ސަރަޙައްދީ ރޮނގު ކައިރިއަށް، ބަރުހަތިޔާރާއި ގިނަ ޢަދަދެއްގެ ސިފައިން ޖަމާ ކުރަން ފަށާފައިވާ ކަމުގައި މަސްރަޙު ދިރާސާކުރާ ފަރާތްތަކުން ބުނެއެވެ. ޣައްޒާއަށް އެއްގަމު މަގުން ހަމަލަދިނުމަށް، ޔަހޫދީ އިސްރާޢީލުގެ 100,000 އަށްވުރެ ގިނަ ރިޒަރވް ސިފައިން ޖަމާކުރަން ފަށާފައިވާ ކަމުގައި ވެސް އެ ފަރާތްތަކުން ބުނެއެވެ.

ޣައްޒާއަކީ ޔަހޫދީން ވަށައިގެން ފެންސު ޖަހައި ބަންދުކޮށްފައި އޮންނަ، ދުނިޔޭގެ އެންމެ ބޮޑު "ޖަލު"ގެ ގޮތުގައި ސިފަކުރެވޭ ސަހަރެކެވެ.

Ads by Ooredoo
  1. ހައްދަވާބޮޑުކުރެއްވިރަސްކަލާކޮ !އިސްލާމްދީނާ މުސްލިމުންނަށް ގަދަކަންދެއްވައި އެއުރެންނަށް ގަދަކަން ދެެއްވާދޭނވެ .!އަދި އައުރެންގެ އަޚުން ކަމުގައިވާ މުޖާހިދުންނަށް ، ފަލަސްތީނު ގައި ޖިހާދު ކުރަމުންދާ މުޖާހިދުން ނަށް ގަދަކަންދެއްވާ ކާމިޔާބު ދެއްވދޭނެ. !އެއުރެންގެ ހަތިޔާރުތައް ސީދާ ކުރައްވާނދޭވެ !އެއުރެއްނަށް ސުލްހަވެރި ފަތަހަ އެއް ދެއްވައި ނަސްރުދޭނވާންދޭވެ !އަދި އެއުރެންގެ އަދާވަތްތެރިންގެ ހިތްތަށް ގުޑާވަރުގެ ޖެހިލުންވާވަރުގެ ގަދަ ކަމާބާރުއެއުރެެއްނަށް . ދެއްވާނދޭވެ . ނަސްރަކީ އިބަސުވާމީގެ ދެއްވާއެއްޗެއް . ނަސްރާފަތަހަ އަކީ އިބަސުވާމީހުންގެ ހަޟްރަތުއް ވާ އެއް ޗެއް. ޔާﷲ މުސްލިމުން ބާރު ކުރައްވާ ނަސްރުލިބިގެންވީބަޔަކު ކަމުގަ ލައްވާށި . އާމީން.