ޚަބަރު ދުނިޔެ

މިއޮތީ މުޅި އުންމަތް އެއްބައިވެ އެކަތިގަނޑަކަށްވާންވީ ވަގުތު ޖެހިފައި: އިމްރާން

އާއިޝަތު ޝައުނާ ، ދެން އޮންލައިން
ހޯމް މިނިސްޓަރ އިމްރާން އަބްދުﷲ

މުޅި އުންމަތް އެއްބައިވެ އެކަތިގަނޑަކަށްވާންވީ ވަގުތު މިއޮތީ ޖެހިފައިކަމަށް ހޯމް މިނިސްޓަރު އަދި އަދާލާތު ޕާޓީގެ ރައީސް އިމްރާން އަބްދުﷲ ވިދާޅުވެއްޖެއެވެ.

Ads by MWSC
Ads by Sosun Fihaara

އިމްރާން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި މިހެން ވިދާޅުވެފައިމިވަނީ ފަލަސްތީނުގެ ރައްޔިތުންނަށް އިޒްރޭލުން ދެމުންގެންދާ ހަމަލާތަކާއި ގުޅުވައިގެން ކަމަށް ބެލެވެއެވެ.

އެގޮތުން އިމްރާން ވިދާޅުވީ މި ވަގުތަކީ ފަރުދީ ތަފާތުތަކާއި މަސްލަޙަތުތައް އެއްފަރާތްކޮށްލަންވީ ވަގުތުކަމަށެވެ. އެހެންނޫނީ މި އުންމަތުގެ ކަރާމާތާއި ޝަރަފާއި، އިއްޒަތް ސަލާމަތްވާނެ އެއްވެސް ގޮތެއް ނެތްކަމަށްވެސް އެބޭފުޅާ ވިދާޅުވެފައިވެއެވެ.

ފަލަސްތީނުގެ ބިންތަކަށް ވެރިވެގަނެ، އެ ތަނުގައި ވަޒަންވެރިވެގެން އުޅޭ ޔަހޫދީންގެ އާންމުން ފަލަސްތީނުގެ އާންމު ރައްޔިތުންނާ އަމާޒުކޮށް ދެމުންދާ ހަމަލާތަކުގައި ފަލަސްތީނުގެ ކުށެއްނެތް 700 އަށްވުރެ ގިނަ ރައްޔިތުން ޝަހީދުވެފައިވާއިރު އިސްލާމީ އެކި އެކި ޤައުމުތަކުންނާއި ވަކި ވަކި ފަރުދުންވެސް އަންނަނީ ފަލަސްތީނުގެ ރައްޔިތުންނާ މެދު ހިންގާ ލާއިންސާނީ އަމަލުތައް ކުށްވެރިކުރަމުންނެވެ.

ދިވެހިރާއްޖެއިންވެސް މި ހަމަލާ ކުށްވެރިކުރަމުންދާއިރު އިމްރާން ވިދާޅުވީ ކޮންމެ މުސްލިމަކު އެމީހެއްގެ ދައުރު ފުރިހަމަ އަށް އަދާކުރަންވީކަމަށެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!