ޚަބަރު

ނިހާންގެ އެޕާޓްމަންޓެއް ވިއްކާލުމުގެ ހުއްދަ ކޯޓުން ދީފި

ޙައްވާ އިނާޝާ ، ދެން އޮންލައިން

ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ވިލިމާލޭ ދާއިރާގެ މެންބަރު އަހްމަދު ނިހާން ހުސައިން މަނިކު، އިސްލާމިކް ބޭންކް މެދުވެރިކޮށް ގަނެފައިވާ އެޕާޓްމަންޓަކަށް ފައިސާ ދައްކަން ވަކި މުއްދަތެއް ދިނުމަށްފަހު އެ މުއްދަތުގެ ތެރޭގައި ފައިސާ ނުދައްކައިފިނަމަ އެތަން ވިއްކާލުމުގެ ހުއްދަ ސިވިލް ކޯޓުން ދީފިއެވެ.

Ads by MWSC

އެގޮތުން މި އެޕާޓްމަންޓް ގަނެފައި ވަނީ އިސްލާމިކް ބޭންކުން ދޫކުރި ފައިނޭންސް ފެސިލިޓީއެއްގެ ތެރެއިން 4.2 މިލިއަން ރުފިޔާއަށް ހުޅުމާލޭގެ ޕްލެޓިނަމް ރެސިޑެންސްއިންނެވެ. އަދި އެ އެޕާޓްމަންޓް ގަނެފައި ވަނީ ބޭންކްގައި އެތަން ރަހުނު ކުރުމަށްފަހުއެވެ.

ނަމަވެސް އިސްލާމިކް ބޭންކާއި ނިހާނާ ދެމެދު ހަދާފައިވާ އެއްބަސްވުމާ އެއްގޮތަށް އެޕާޓްމަންޓްގެ ފައިސާ ދައްކަމުން ނުދާތީ ބޭންކުން ކުރި ދައުވާއަކާ ގުޅިގެން ސިވިލް ކޯޓު ހުޅުމާލޭ ޑިވިޝަނުން މިދިޔަ ހަފްތާގައި ވަނީ ހަމަސް ދުވަހުގެ ތެރޭގައި އެޕާޓްމަންޓަށްވާ ފައިސާ ދައްކާ ހަލާސް ކުރުމަށް ނިހާނަށް އަންގާފައެވެ.

މިގޮތުން އެ މުއްދަތުގައި ފައިސާ ނުދައްކައިފިނަމަ އެޕާޓްމަންޓް ވިއްކާލުމުގެ ހުއްދަ އިސްލާމިކް ބޭންކަށް ދީފައިވެ އެވެ.

މީގެ އިތުރުން ނިހާންގެ ޣައިރު ހާޒިރުގައި މި މައްސަލަ ނިންމިއިރު އެޕާޓްމަންޓަށް ދައްކަންޖެހޭ ތިން މިލިއަނަށްވުރެ ގިނަ ރުފިޔާ ނުދައްކާ އެބައޮތެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!