ޚަބަރު

ރިޔާޒު ވިދާޅުވީ ކޮންމެ ރައީސަކާއެކު ސީޕީ ބަދަލުވާ ނިޒާމު ބަދަލުކުރަންޖެހޭކަމަށް

އާއިޝަތު ޝައުނާ ، ދެން އޮންލައިން

ރާއްޖޭގައި އަލަށް އިންތިޚާބުވާ ކޮންމެ ރައީސުލްޖުމްހޫރިއްޔާއަކާއި އެކު ކޮމިޝަނަރ އޮފް ޕޮލިސް ބަދަލުވާ ނިޒާމު ބަދަލުކުރަން ޖެހޭ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ތިމަރަފުށީ ދާއިރާގެ މެމްބަރު އަދި ކުރީގެ ކޮމިޝަނަރ އޮފް ޕޮލިސް އަބްދުﷲ ރިޔާޒް ވިދާޅުވެއްޖެ އެވެ.

Ads by STELCO

އެކްސްގައި ރިޔާޒު މިފަދައިން ވިދާޅުވެ ޕޯސްޓުކޮށްފައި މިވަނީ މިހާރުގެ ކޮމިޝަނަރ އޮފް ޕޮލިސް، މުހައްމަދު ހަމީދު ފުލުހުންގެ ޚިދުމަތުން ރިޓަޔާ ކުރެއްވުމަށް ނިންމެވި ނިންމުމާއި ގުޅިގެންނެވެ. އެގޮތުން، ރިޔާޒް ވިދާޅުވީ ފުލުހުންގެ ޚިދުމަތުން ތަޢުލީމީ، ޤާބިލް އަދި ތަޖުރިބާލިބިފަހުރި ޚިދުމަތްތެރިން ރިޓަޔަރ ކުރަންޖެހޭ އުމުރު ހަމަނުވަނިސް ޤައުމީ ޚިދުމަތުން ރިޓަޔަރ ކުރަންޖެހުމަކީ ފުލުހުންގެ ޚިދުމަތަށާއި ޤައުމަށް އެންމެ ރަގަޅު ގޮތް ނޫންކަމަށެވެ.

ކޮންމެ ވެރިކަމަކާއި އެކުވެސް ޕޮލިސް ކޮމިޝަނަރުގެ މަގާމު ބަދަލުވަމުންދާތީ އެކަމަށް އިޝާރާތްކުރައްވަމުން ރިޔާޒް ވިދާޅުވީ، "ކޮންމެ ރައީސަކާއެކު ސީޕީ ބަދަލުވާ ނިޒާމު ބަދަލުކުރަންޖެހޭ!" ކަމަށެވެ.

ފުލުހުންގެ ޚިދުމަތުން ރިޓަޔާ ކުރައްވާކަން އިއުލާން ކުރައްވާ ސީޕީ ހަމީދު ފުލުހުންގެ އިސްވެރިން ހިމެނޭ ސޯޝަލް މީޑިއާ ގުރޫޕަކަށް ފޮނުއްވި މެސެޖެއްގައި ވިދާޅުވީ ކުރިއަށް އޮތް މަހެއްހައި ދުވަހުގެ ތެރޭގައި ރިޓަޔާ ކުރެއްވުމަށް ނިންމަވާފައިވާ ކަމަށެވެ.

އެގޮތުން ރިޓަޔާ ކުރައްވާނެ ތާރީހެއް ކަމަށް ބެލެވެނީ ކުރިއަށް އޮތް ނޮވެމްބަރު 11 ވަނަ ދުވަސް ކަމަށް ހަމީދު ވިދާޅުވެފައިވާއިރު، އެމަނިކުފާނަކީ ކަންކަމުގައި ދެކެވަޑައިގަންނަވާ ގޮތް ހާމަކުރައްވާ އަދި ޕްރޮފެޝަނަލް މިންގަނޑުން އަމަލުކުރައްވާ ބޭފުޅަކަށް ވާތީ އެމަނިކުފާނާމެދު ބައެއް ބޭފުޅުން ގޯސްކޮށް ދެކޭކަން އެނގިވަޑައިގަންނަވާ ކަމަށް ސީޕީ ހަމީދު ވިދާޅުވެފައިވެއެވެ.

އަދި ކޮމިޝަނާ އޮފް ޕޮލިސްގެ މަގާމާ ހަވާލުވެވަޑައިގެންނެވިއިރު މުއައްސަސާގެ ނަން އޮތީ ކިލަނބުވެފައި ކަމަށް ފާހަގަކުރައްވަމުން ހަމީދު ވިދާޅުވީ، ފުލުހުންގެ ސަފުތައް އަލުން ބަދަހިކުރެއްވުމަށާއި މުއައްސަސާގެ ކުރިމަގަށްޓަކައި އެމަނިކުފާނު މަސައްކަތް ކުރެއްވީ އަމިއްލަ ވިސްނުންތަކާއި ޚިޔާލުތައް އެއްފަރާތް ކޮށްގެން ކަމަށެވެ.

Ads by Ooredoo
  1. މަވެސް

    މީހުންގެ ކިބައިގައި އިޚުލާސްތެރި ކަމެއް ނެތިއްޔާ ރައީސާއެކު ސީޕީ ބަދޅުވަަ ނިޒާމު ދެމި އޮންނާނެ.