ޢިލްމީ އަދި ފަންނީ މަސައްކަތްތައް ކުރާ ބައެއް މުއައްސަސާތަކަށް ސިޔާސީ ނުފޫޒު ފޯރާކަމުގެ ޝަކުވާ އެބަލިބޭ: ފިރުޒުލް
ޢިލްމީ އަދި ފަންނީ މަސައްކަތްތައް ކުރާ ބައެއް މުއައްސަސާތަކަށް ސިޔާސީ ނުފޫޒު ފޯރާކަމުގެ މައްސަލަތަކެއް ފާހަގަކުރެވިފައިވާކަމަށް އިންތިޚާބީ ރައީސް މުޢިއްޒުގެ ތަރުޖަމާނު މުޙައްމަދު ފިރުޒުލް ވިދާޅުވެއްޖެއެވެ.
މިއަދު ނޫސްވެރިންނާއި ބައްދަލުކުރައްވައި ދެއްކެވި ވާހަކައިގައި ފިރުޒުލް ވިދާޅުވީ، ޚާއްސަ ޤާނޫނަކުން ނުވަތަ ޚާއްސަ މަސައްކަތްތަކެއް ކުރުމަށް މިނިސްޓްރީއެއްގެ ބަލަދުވެރިކަމުގެ ދަށުގައި ހަމަޖެއްސިފައި ހުންނަ މުއައްސަސާތަކަކީ އޭގެ ޒާތުގައި ޢިލްމީ ފަންނީ މުސްތަޤިއްލު މަސައްކަތްތަކެއް ކުރުމަށް ޤާނޫނު ތަޞައްވަރުކޮށްފައި ހުންނަ މުޢައްސަސާތައްކަމަށެވެ.
"އެހެންނަމަވެސް އެ މުއައްސަސާތަކުން އެބަ ފާހަގަަކުރައްވާ އެބޭފުޅުންގެ މަސައްކަތްތަކުގެ ތެރެއަށް ސިޔާސީ ނުފޫޒު ވަނުމުގެ ސަބަބުން އެބޭފުޅުންގެ ޒިންމާ، ޤާނޫނުން ތަޞައްވަރުކުރައްވާފައި އޮންނަ ޒިންމާ އަދާކުރެއްވުމުގައި ދަތިތަކެއް ކުރިމަތިންވަމުންދާކަން" ފިރުޒުލް ވިދާޅުވިއެވެ.
މީގެ އިތުރުން، އެ މުވައްސަސާތައް ނުވަތަ އިދާރާތަކަށް ލިބެންޖެހޭ ވަޞީލަތާއި ބަޖެޓާއި އިންސާނީ ވަޞީލަތް ލިބުމުގެ ދަތިތަކުގެ ސަބަބުން އެ ތަންތަނުން ކުރަން ބޭނުންވާ ޢިލްމީ ފަންނީ މަސައްކަތްތަކަށްށް ވަރަށް ބޮޑަށް ހުރަސް އެޅި ޤާނޫނު އެ ތަސައްވުރުކުރާ ހަޤީގީ ޒިންމާ އޭގެ އެންމެ ފުރިހަމަ ގޮތުގައި އަދާކުރުމަށް ދަތިތަކެއް ވަރަށްބޮޑަށް ކުރިމަތިވެފައި ހުރިކަން އެ މުއައްސަސާތަކުން ފާހަގަކުރައްވާފައިވާކަމަށް ފިރުޒުލް ވިދާޅުވިއެވެ.
މީގެ އިތުރުން ފިރުޒުލް ވިދާޅުވީ، އިންތިހާބީ ރައީސްގެ އޮފީހުގެ ފަރާތުން 15 ޓްރާންސިޝަނަލް ކޮމިޓީއެއް ވަނީ އެކުލަވާލައިފައިކަމަށާއި އޭގެ ތެރެއިން ހަތް ކޮމިޓީއަކުން ސަރުކާރު ކުންފުނިތަކުން މައުލޫމާތު އެއްކުރުމުގެ މަސައްކަތް ކުރާކަމަށެވެ.
ބައިތުލް މަޤުދިސް ނުވަތަ ޢަޤުސާ މިސްކިތާއި އެތަނުގެ ހަރަމް، މިނިވަން ކުރަން ހަނގުރާމަ ކުރަންޖެހޭ ބަޔަކާއި ހަނގުރާމަ ކުރުމަކީ ދިވެހި ޖުމުހޫރިއްޔާގެ ޤާނުނުއަސާސީން ލާޒިމް ކުރާ ޝަރުޢީ ޤާނޫނީ ވާޖިބެއް ދިވެހިދައުލަތާއި ދިވެހިރައްޔިތުންގެ މައްޗަށްވާ .
ޥަރަށް ރަގަޅު ވާހަކައެއް…. ޢެމްޕީއެލްގެ ހާބަރމާސްޓަރ އޮފީސް އޮތީ މިހިނގާ ސަރުކާރުގައި ވަރަށް ބޮޑަށް ސިޔާސީ ނުފޫޒު ވަދެ ކޮރަޕްޓް ވެފައި. ޢެތަނަކީ ވަރަށް ޕުރޮފެސަނަލް ބަޔަކު މަސައްކަތް ކުރާ ތަނެއް. ޢެތަނުގައި ވަރަށް ތަޖުރިބާހުރި އެތައް އަހަރުތަކެއްގެ ތަޖްރިބާހުރި މޮޅު ކެޕްޓަނުން ތިއްބާ ސިޔާސީ ނުފޫޒުން ވަނީ އެމަސައްކަތުގެ ތަޖްރިބާނެތް މީހަކު ހާބަރ މާސްޓަރަކަށް ވަޒީފާ ދީފައި…