Monday, 2 November 2026
Advertisement
Ooredoo — Article-Top (leaderboard)
ޚަބަރު

މަޖިލީހަށް ކުރިމަތިލުމަށް ވިސްނުން އެބަ ގެންގުޅެން: ކުރީގެ ޕީޖީ މުޢިއްޒު

މަޖިލީހަށް ކުރިމަތިލުމަށް ވިސްނުން އެބަ ގެންގުޅެން: ކުރީގެ ޕީޖީ މުޢިއްޒު
އަންނަ އަހަރު ބާއްވާ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި މެންބަރުކަމަށް ކުރިމަތިލައްވަން ވިސްނަވާކަމަށް ކުރީގެ ޕްރޮސެކިއުޓާ ޖެނެރަލް އަދި ޤާނޫނީ ވަކީލު އަޙްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. މިއަދު އެބޭފުޅާ ކުރެއްވި ޕޯސްޓެއްގައި މާލޭގެ ދާއިރާއެއްގެ މެންބަރުކަމަށް ކުރިމަތިލައްވަން ވިސްނަވާފައިވާކަން ހާމަކުރައްވާފައިވީނަމަވެސް، ކުރިމަތިލެއްވުމަށް ވިސްނަވަނީ ކަނޑައެޅިގެން ކޮން ދާއިރާއަކަށްކަމެއް ވިދާޅުވެފައެއްނުވެއެވެ.
"ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި މާލޭގެ ދާއިރާއެއްގެ މެންބަރުކަމަށް ކުރިމަތިލުމުގެ ވިސްނުން އެބަ ގެންގުޅެން" މުޢިއްޒު ވިދާޅުވެފައިވެއެވެ.
މަޖިލިސް އިންތިޚާބުގައި ވާދަކުރެއްވުމަށް ވިސްނަވާކަމަށް މުޢިއްޒު ވިދާޅުވެފައިވާއިރު، މައްޗަންގޮޅީ އުތުރު ދާއިރާގެ ގޮނޑިއަށް ވާދަކުރައްވަން ނިންމެވިކަން ފާރިސް މައުމޫނު ވެސް ވަނީ މިއަދު އިޢުލާނުކުރައްވާފައެވެ.

ރިއެކްޝަން

Advertisement
Ooredoo — Truecaller (box)

ކޮމެންޓް