Wednesday, 4 November 2026
Advertisement
Ooredoo — Article-Top (leaderboard)
އިޖުތިމާޢީ

އެސްޓީއޯގެ ކުންފުނިތަކުން ފަލަސްތީނަށް 1 މިލިއަން ރުފިޔާ ހަދިޔާކޮށްފި

އެސްޓީއޯގެ ކުންފުނިތަކުން ފަލަސްތީނަށް 1 މިލިއަން ރުފިޔާ ހަދިޔާކޮށްފި

ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން (އެސްޓީއޯ) އަދި އެ ކުންފުންޏާއި ގުޅިފައިވާ ސަބްސިޑަރީ ކުންފުނިތަކުގެ މުވައްޒަފުންގެ ފަރާތުން ފަލަސްތީނުގެ ރައްޔިތުންނަށް އެއް މިލިއަން ރުފިޔާ ހަދިޔާކޮށްފިއެވެ.

"އަހަރެމެން ފަލަސްތީނާއެކު" ނަމުގައި ރާއްޖޭގެ ގިނަ މީޑިއާތަކުން ގުޅިގެން ކުރިއަށްގެންދާ ޓެލެތޯނުގައި މި ޗެކު ހަވާލުކޮށްފައިވާއިރު، މި ޗެކު ހަވާލުކުރުމަށް އެސްޓީއޯ އަދި ސަބްސިޑަރީ ކުންފުނިތައްކަމަށްވާ ފިއުލް ސަޕްލައި، މޯލްޑިވްސް ގޭސް، އެލައިޑް އިންޝުއަރެންސް، އެމް.އެސް.އެސް އަދި މިފްކޯގެ އިސްވެރިން ވަނީ ބައިވެރިވެވަޑައިގަންނަވާފައެވެ. އަދި މި ރަމްޒީ ޗެކުގައި ހުރިހާ ކުންފުނިތަކެއްގެ އިސްވެރިން ވަނީ ސޮއި ކުރައްވާފައެވެ.

މި ޓެލެތޯނުގައި ވާހަކަ ދައްކަވަމުން އެސްޓީއޯގެ މެނޭޖިންގ ޑިރެކްޓަރ ޢަބްދުﷲ ސަޢީދު ވިދާޅުވީ އެއް މިލިއަން ރުފިޔާއަކީ މިވަގުތު އެ ކުންފުނިތަކަށް ދެވެން އޮތް އެހީކަމަށާއި، ނަމަވެސް ކުރިއަށްއޮތް ތަނުގައި އިތުރު އެހީ ފޯރުކޮށްދިނުމަށް އުންމީދުކުރައްވާކަމަށެވެ.

Advertisement
Ooredoo — Truecaller (box)

އެސްޓީއޯ އަދި ގުޅިފައިވާ ކުންފުނިތަކުން މި އެހީ ހަދިޔާކޮށްފައިވަނީ އިންޓަނޭޝަނަލް އެއިޑް ކެމްޕެއިން (އޭއައިސީ) އިން ފަލަސްތީނަށް އެހީވުމަށް ހުޅުވާލައިފައިވާ ފަންޑަށެވެ. މިއީ މިހާރު ކުރިއަށް ގެންދާ ޓެލެތޯނުގައި އެއް ބައެއްގެ ފަރާތުން ލިބުނު އެންމެ ބޮޑު އެހީވެސްމެއެވެ.

މި ފައިސާގެ އެހީއަށް އިންޓަނޭޝަނަލް އެއިޑް ކެމްޕެއިން އާއި މީޑިއާތަކުން ވަނީ އެސްޓީއޯއަށާއި ގުޅިފައިވާ ކުންފުނިތަކަށް ޝުކުރުއަދާ ކޮށްފައެވެ.

ރިއެކްޝަން

Advertisement
Allied — Dhen Online (box)

ކޮމެންޓް