ޚަބަރު ރައްޔިތުންގެ މަޖިލިސް

އިތުބާރު ނެތްކަމުގެ މައްސަލާގައި ޖަވާބުދާރީވުމަށް ރައީސް ނަޝީދަށް 30 މިނިޓު

ޢާއިޝަތު އިނާޝް ، ދެން އޮންލައިން

ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ މިހާރުގެ ރައީސް މުޙައްމަދު ނަޝީދު މަޤާމުން ދުރުކުރުމަށް އެމްޑީޕީގެ ފަރާތުން ހުށަހަޅާފައިވާ މައްސަލައަށް ޖަވާބުދާރީވުމަށް 30 މިނިޓު ދިނުމަށް ޢާއްމު ކޮމިޓީން ހަމަޖައްސައިފިއެވެ.

Ads by Sosun Fihaara

މި މައްސަލައިގެ ބަހުސްގެ ވަގުތު ކަނޑައެޅުމަށް ބޭއްވި ޢާންމު ކޮމިޓީގެ ބައްދަލުވުމުގައި، މަޖިލީހުގެ ފުނަދޫ ދާއިރާގެ އެމްޑީޕީގެ މެންބަރު މުޙައްމަދު ޝާހިދު ވަނީ ކޮންމެ މެންބަރަކު ބަހުސްކުރެއްވުމަށް 3 މިނިޓު ދެއްވުމަށާއި މަޖިލީހުގެ ރައީސް ޖަވާބުދާރީވުމަށް 30 މިނިޓު ދެއްވުމަށް ހުށަހަޅުއްވާފައެވެ.

ޝަހިދު އިތުރަށް ވިދާޅުވީ 18 ވަނަ މަޖިލީހުގައިވެސް އެފަދަ މައްސަލައެއް ހުށަހެޅިގެން ޢަމަލުކޮށްފައިވަނީ އެގޮތަށްކަމަށާއި، މުޅި ބަހުސަށް 2 ގަޑިއިރު ހޭދަވާނެކަމަށެވެ. ޝާހިދު ވަނީ ރައީސް ނަޝީދު ޖަވާބުދާރީވުމަށް ބަހުސްގެ ފެށުމާއި މެދުތެރެއިންނާއި ނިންމަމުން ވަކިވަކިން 10 މިނިޓުގެ ފުރުސަތުތަކެއް ދިނުމަށް ހުށަހަޅުއްވާފައެވެ.

އެމްޑީޕީން މިގޮތަށް ހުށަހަޅުއްވާފައިވީނަމަވެސް، ޑިމޮކްރަޓްސްގެ ޕާލިމަންޓްރީ ގްރޫޕުގެ ލީޑަރު ޢަލީ އާޒިމް ވަނީ ރައީސް ނަޝީދަށް ޖަވާބުދާރީވުމަށް ބަހުސް ދެތިން ގަޑިއިރު ދިނުމަށް ހުށަހަޅުއްވާފައެވެ. އޭނާ ވިދާޅުވީ މަޖިލީހުގެ ޤަވާއިދުގައި "އިތުބާރު ނެތްކަމުގެ މައްސަލައިގެ ބަހުސް ތިން ގަޑިއިރަށްވުރެ ދިގުވެގެން ނުވާނެ" ކަމަށް މާނަކޮށްފައިވަނީ ހަމައެކަނި މެންބަރުން ކުރާ ބަހުސްގެ ވަގުތަށްކަމަށާއި އޭގެ ތެރޭގައި މަޖިލީހުގެ ރައީސްގެ ވާހަކަތައް ނުހިމެނޭނެކަމަށެވެ.

"ކުރިން ކޮށްފައި އޮންނަ ގޮތަށް ކުރާކަށް ނޫން މި އޮންނަނީ. ތި ބޭފުޅުން ދެއްވަން ނެތިއްޔާ އަޅުގަނޑުމެން ކުރާނެ ކަމެއް ނެތް. އަށްޑިހަ ހަތް މެންބަރުންގެ ލައްކަ ސުވާލު ވެސް ހުންނާނެ" އާޒިމް ވިދާޅުވިއެވެ.

ހުޅުދޫ ދާއިރާގެ މެންބަރު އިލްޔާސް ލަބީބު އެކަމަށް ތާއީދުކުރައްވައި ވިދާޅުވީ ބަހުސްކުރުމުގެ އިތުރަށް ޖަވާބުދާރީވުމަށް ވަގުތު ދެވޭނެކަމަށާއި، އަދި ޤަވާއިދުގައި ވަކި ކަމެއް ކުރަން ބުނެފައި ނެތުމަކީ އެކަމާ މެދު ކޮމިޓީން ގޮތް ނިންމޭނެ ކަމެއް ކަމަށެވެ.

މި ބައްދަލުވުމުގައި ކުރިއަށް ގެންދިޔަ މަޝްވަރާތަކަށްފަހު، ޝާހިދުގެ ހުށަހެޅުމަށް ތާއީދުކުރައްވާފައިވަނީ 6 މެންބަރުންގެ ތެރެއިން 4 މެންބަރުންނެވެ.

  1. އަބްދޫ

    މިކަލޭގެ އަކީ ވާ ހާދަ އިއްޒަތް ބޭނުންވެގެން އުޅޭ މީހެއް ދޯ . މިވަރުވާއިރުވެސް ބަގުޑި ބައްދައިގެން މިހުންނަނީ ވިއްޔަ.

  2. އަބްދޫ

    ވަގު ނަސީދު