Monday, 2 November 2026
Advertisement
Allied Insurance (leaderboard)
ޚަބަރު

ޕޯސްޓުގެ ނަމުގައި ސްކޭމް މެސެޖުތަކެއް ފޮނުވާތީ ސަމާލުވާން އެދިއްޖެ

ޕޯސްޓުގެ ނަމުގައި ސްކޭމް މެސެޖުތަކެއް ފޮނުވާތީ ސަމާލުވާން އެދިއްޖެ
މޯލްޑިވްސް ޕޯސްޓުގެ ނަމުގައި ސްކޭމް ކުރުމުގެ މެސެޖުތަކެއް ކަސްޓަމަރުންނަށް ފޮނުވަމުންދާތީ އެކަމަށް ސަމާލުވުމަށް އެ އޮފީހުން އެދެފިއެވެ.

ޕޯސްޓު އޮފީހުން އިއްޔެ ބުނީ، ސްކޭމް މެސެޖުތަކުގައި ކަސްޓަމަރުންގެ އައިޓަމް ވެރިފަރާތަށް ހަވާލުނުކުރެވި، ޑެލިވަރީ ފެއިލްވެފައިވާ ކަމަށާއި ވެރިފަރާތުގެ އެޑްރެސް ޔަގީން ކުރުމަށްޓަކައި އެ މެސެޖުގައިވާ ލިންކަށް ވަންނަން ބުނެފައި ހުންނަ ކަމަށެވެ.

އަދި އެ މެސެޖުގައި އައިޓަމްގެ ޓްރެކިން ނަންބަރު ހިމަނާފައިވާ ކަމަށާއި މެސެޖުގައިވާ ލިންކަށް ވަނުމުން ސައްހަ ނޫން ޓްރެކިން އަދި ޑެލިވަރީ އަޕްޓޭޓް ފެންނަން ހުރެ އެވެ. ޑެލިވަރީ ކުރުމަށް ވަކި ފީއެއް ދެއްކުމަށް ވެސް ކަސްޓަމަރުންނަށް އަންގާ ކަމަށް ޕޯސްޓު އޮފީހުން ބުންޏެވެ.

ޕޯސްޓުގެ ނަމުގައި އޮޅުވާލައިގެން ފައިސާ ހޯދުމަށް ބަޔަކު ފޮނުވާ ސައްހަ ނޫން މެސެޖަކަށް ސަމާލުވެ، އެފަދަ މެސެޖުތަލަށް ޖަވާބު ނުދިނުމަށް އެ އޮފީހުން ވަނީ އެދިފައެވެ.

ރިއެކްޝަން

Advertisement
Allied Insurance — Square (box)

ކޮމެންޓް