މަޖިލީހަށް ސަޕްލިމެންޓަރީ ބަޖެޓު ހުށަހަޅާފައިވަނީ މިސަރުކާރުން، އެކަމުގައި ޑރ. މުޢިއްޒުގެ އެއްވެސް މަޝްވަރާއެއް ނެތް
މަޖިލީހަށް ސަޕްލިމެންޓަރީ ބަޖެޓު ހުށަހަޅާފައިވަނީ މިސަރުކާރުންކަމަށާއި އެކަމުގައި އިންތިޚާބީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އެއްވެސް މަޝްވަރާއެއް ނެތްކަމަށް އެމަނިކުފާނުގެ ތަރުޖަމާނު މުޙައްމަދު ފިރުޒުލް ވިދާޅުވެއްޖެއެވެ.
މިއަދު ނޫސްވެރިންނާއި ބައްދަލުކުރައްވަމުން ދެއްކެވި ވާހަކަފުޅުގައި ޓްރާންސިޝަނަލް މަސައްކަތްތަކުގެ ވާހަކަފުޅު ދައްކަވަމުން ފިރުޒުލް ވިދާޅުވީ، ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވާފައިވާ ސަޕްލިމެންޓަރީ ބަޖެޓު ހުށަހެޅުއްވީ މި ސަރުކާރުންކަމަށެވެ. އަދި އެ ސަޕްލިމެންޓްރީ ބަޖެޓަކީ މިހާރު ހިނގަމުންމިދާ ސަރުކާރުން އެބޭފުޅުން މިއަހަރަށް ފާސްކުރުވި ބަޖެޓުގެ ތެރެއިން ކަންކަން ހަމަނުޖެހިދާތީވެ އެކަންކަން ފޫބެއްދުމަށް ނިންމެވި ނިންމުމުގެ ތެރެއިން އެބޭފުޅުން ހުށަހަޅުއްވާ ބަޖެޓެއްކަމަށް ފިރުޒުލް ވިދާޅުވިއެވެ.
"މި ބަޖެޓަކި މިހާރު ހިންގަމުންދާ ސަރުކާރުގެ ފަރާތުމް އެބޭފުޅުން 2023 ވަނަ އަހަރަށް ފާސްކުރެއްވި ދައުލަތުގެ ބަޖެޓުގައި ހުރި ކަންތައްތައް ފޫބެއްދުމަށް އެބޭފުޅުން ހުށަހަޅުއްވާ ބަޖެޓެއް" ފިރުޒުލް ވިދާޅުވިއެވެ.
"މިއީ އެއްވެސް ހާލެއްގައި އިންތިޚާބީ ރައީސުލްޖުމްހޫރިއްޔާގެ ފަރާތްޕުޅުން އެދިވަޑައިގަތުމަކުން ނުވަތަ އެފަދަ މަޝްވަރާއެއްގެ ތެރެއިން ހުށަހަޅުއްވާ ބަޖެޓެއް ނޫން. މިއީ މިހާރުގެ ސަރުކާރުގެ ފަރާތުން އެބޭފުޅުން ހުށަހަޅުއްވާ ބަޖެޓެއްކަން އަޅުގަނޑު ފާހަގަކުރަން" ފިރުޒުލް ވިދާޅުވިއެވެ.
މީގެ އިތުރުން، އެ ސަޕްލިމެންޓަރީ ބަޖެޓުގެ ތެރެއިން އައު ސަރުކާރަށް 200 މިލިއަން ރުފިޔާ ހިމެނިފައިވާވާހަކަ ފިނޭންސް މިނިސްޓްރީގެ ފަރާތުންނާއި އަދި މީޑިއާތަކުގެ ޒަރީއާއިންވެސް ލިބިފައިއޮންނާނެކަން ފިރުޒުލް ފާހަގަކުރެއްވިއެވެ.
"މި ބަޖެޓުގެ ތެރެއިން އަޅުގަނޑުމެންނަށް ކުޑަކުޑަ ވިންޑޯއެއްގެ ތެރެއިން ބައެއް ކަންކަން ހިމެނުމުގެ ފުރުޞަތުލިބި އެކަންތައް ހިމެނިގެން އެ ބަޖެޓު ހުށަހެޅިގެން އެދަނީ. މި މަސައްކަތުގެ ތެރޭގައި އަޅުގަނޑުމެން މައިގަނޑުގޮތެއްގައި މިލިބުނު ކުޑަ ވިންޑޯގެ ތެރެއިން އަޅުގަނޑުމެން އަމާޒަކަށް މިވަނީ އަލަށް ފެށިގެންދާ ސަރުކާރުގެ 100 ދުވަހުގެ ވަޢުދުތަކުގެ ތެރޭގައި ހިމެނޭ ނުވަތަ 100 ދުވަހުގެ ޕްލޭނަށް ބޭނުންވާ މަސައްކަތްތައް ފަށައިގަތުމުގެ ބިންގާއެޅިގެން އެކަންކަމަށް މަގުފަހިކުރުން" ފިރުޒުލް ވިދާޅުވިއެވެ.
އެހެންކަމުން ސަޕްލިމެންޓަރީ ބަޖެޓުން އެ ލިބޭ އެތިކޮޅުން މިހާރު ހުރި ގޮންޖެހުމުގެ ކުރިމަތީގައިވެސް މަސައްކަތްތައް ބައްޓަން ކުރައްވާނެކަމަށް ފިރުޒުލް ވިދާޅުވިއެވެ.
މި ސަރުކާރުން ކުރިން ކޮސްފަ ހުރި ހަރަދު ސަޕްލިމެންޓްރީ ބަޖެތްގަ ހިމަނައިގެން މަޖިލީހުން ފާސްކުރާކަށް ގާނޫނުއަސަސީ ތަނެއްނުދޭ. ގާނޫނުއަސާސީގެ 96 އަދި 97 އަށް ބަލާއިރު ބަޖެޓް ގަފާސްކޮށްފައިވާ އަދަދަށް ވުރެ އިތުރަށް ހަރަދު ކުރުން ހުއްދަ ނުވޭ.ހުއްދަ ނޫންހަރަދު ބެލެވޭނީ ހިޔާނާތް ވި ފައިސާގެ ގޮތުގަ . ބަޖެޓަށް ފައިސާ އިތުރުކުރަން ހުށަހަޅަންޖެހޭނީ ކުރިނަ ފާސްކޮށްފަ ހުރިބަޖެޓުން އަހަރުގެ ނިޔަލަށް ހަމަނުޖެހޭކަމަށް ފެނިއްޖެ ނަމަ އަހަރުގެ ނިޔަލަށް އައިޓަމްތަކަށް ފައިސާ އިތުރުކުރުމަށް. ފައިސާ އިތުރުނުކޮށް ހަރަދު ކުރުންގާނޫނުއަސަސިއާއި ހަިލާފު.