ޢަލީ ރަމީޒަކީ ކާކުކަމާއި، ކީއްކުރާ މީހެއްކަން ބުނާކަށް ނެތިން: އިމްރާން
ޢަލީ ރަމީޒަކީ ކޮން ބޭފުޅެއްކަމާއި އަދި ކޮން ކަމެއް ކުރައްވާ ބޭފުޅެއްކަން ވިދާޅުވާން ބޭނުންނުވާކަމަށް ހޯމް މިނިސްޓަރު އަދި އަދާލަތު ޕާޓީގެ ރައީސް އިމްރާން ވިދާޅުވެއްޖެއެވެ.
އިމްރާން މިހެން ވިދާޅުވީ، އާރާއި ބާރު އޮތްދުވަހު ފަލަސްޠީނުގެ ދިފާޢުގައި ކުރި މަސައްކަތަށް ހުއްޓުވައި، ބާރުވެރިކަން ނެތުމުން ނިކުމެ ފަލަސްޠީނުގެ ދިފާޢުގައި ނިކުތުމެ އަޑުއުފުލުމަކީ ގޮތެއް ފޮތެއް ނެތުންކަމަށް ޢަލީ ރަމީޒް ވިދާޅުވުމާއި ގުޅިގެންނެވެ.
މިހާރުގެ ސަރުކާރުގައި 2021 ވަނަ އަހަރުގެ މެއި މަހު އިސްރާއީލުން ފަލަސްތީނަށް ދެމުން ގެންދާ ލާއިންސާނީ އަނިޔާ ތަކާއި ދެކޮޅަށް ޒުވާނުން އިސްނަގައިގެން ހުޅުމާލޭގައި ބޭއްވި ސައިކަލު ބުރު ބޭއްވިޔަ ނުދީ ފުލުހުން ހުރަސްއެޅި އެޅުމަށް ޢަލީ ރަމީޒު އިޝަރާތްކުރައްވަމުން ވިދާޅުވީ، އާރާއި ބާރުހުރި ދުވަހު، އަނިޔާވެރި އިސްރާޢީލުގެ އުދުވާނުތަކާއި ދެކޮޅަށް ޞޭއްވި ސައިކަލު ބުރު ހުއްޓުވާފައި، އެ ބާރުވެރިކަން ނެތެމުންދާ ދަނޑިވަޅުގައި ނުކުމެ ފަލަސްތީން ކިޔަމުން ނުކުންނާނީ އެއްވެސް ގޮތެއް ފޮތެއް ނެތީމާކަމަށެވެ.
ވަކި ބޭފުޅެއްގެ ނަން ޢަލީ ރަމީޒު ވިދާޅުނުވިނަނަމަވެސް، އޭރު ހުޅުމާލޭގެ ސައިކަލު ބުރު ހުއްޓުވާފައިވަނީ ހޯމް މިނިސްޓަރަކަށް ޢިމްރާން ހުންނަވައިގެންނެވެ.
ޢަލީ ރަމީޒަށް ރައްދުދެއްވަމުން އިމްރާން ވިދާޅުވީ ޢަލީ ރަމީޒަކީ ކޮން ބޭފުޅެއްކަން އިމްރާނަށް ވަރަށް ރަނގަޅަށް އެނގިވަޑައިގަންނަވާކަމަށެވެ.
"އަލީރަމީޒަކީ ކާކުކަން، ކުރަނީ ކޮން ކަމެއްކަން އަޅުގަޑައް އެނގޭ. ނަމަވެސް ކުރިންވެސް އެއްޗެއް ނުބުނަން އަދި މިހާރުވެސް އެވާހަކަ ދައްކާކަށް ނެތިން. އަޅުގަނޑުމެން ދެމީހުންގެ މެދުގައި ނިޔާކުރައްވާނީ މާތް الله" އިމްރާން ވިދާޅުވިއެވެ.
ފަލަސްތީނުގައި ހިނގާ ލޭއޮހުރުވުންތަކުގެ ސަބަބުން ފަލަސްޠީނުގެ ދިފާޢުގައި އެއްވުންތައް ބާއްވައި އަޑުއުފުލަމުން އިމްރާން ވަޑައިގަންނަވާތީ ބައެއް މީހުންގެ ފާޑުކިޔުން އެބޭފުޅާއަށް އަންނަނީ އަމާޒުވަމުންނެވެ. ނަމަވެސް އިމްރާން ވިދާޅުވީ، ފަލަސްޠީން ރައްޔިތުންގެ ޙައްގުގައި ފަރުދީގޮތުން ކުރެވުނު ކޮންމެ ކަމެއް ކުރައްވާނެކަމަށާއި އަދި އެއްވެސް ފަރާތެއްގެ އިންޒާރަކަށް، ބިރުދެއްކުމަށް ފަހަތަށް ނުޖެހޭނެކަމަށެވެ.
ޢަލީ ރަމީޒަކީ އިމްރާނު ކަހަލަ ރައްޔިތުންނަށް ގައްދާރުވެފައިވާ ދޮގު ބުހުތާން ހަދަމުންދާ، ފައިސާ އަށް ދީން ވިއއކައިގެން އުޅޭ މީހެއް ނޫންކަން އެންމެންނަށް އިނގޭ،އަލީ ރަމީޒަކީ ދިވެހީންގެ އިތުބާރާ ލޯބި ލިބިފައިވާމީހެއް ކަލެއަށް ނޭގިގެން ތިއުޅެނީ.
ޜެކްރޫޓްމަންޓް ތޯ
ފަލަސްތީނުގެ މުސްލިމުންނެކޭ ކިޔާނެކަމެއްނެތްތާ މި ދިވެހި ގައުގެ ރަތްޔަތުންނައް ދޮގު ވިއްކަވާ ކައިގެންހުންނެވި ވަޒީރުކޮޅެއްވިއްޔާ ދޯ ހ ހ ހ ދެން ކިޔާ ޕުރޭމް ޕުރޭމް
އަހަންނަން އިނގޭ އަލީ އަކީ ކޮންކަމެއް ކުރާ މީހެއްކަން އަލީ އަކީ އިސްލާމް ދީނާއި އދީނުގެ ޙުކުމްތަކަށް ތަބާވެ އިސްލާދީނުގެ މަޢުލޫމާތު އެހެންމީހުންނަށް ފޯރުކޮއްދީ އިސްލާމް ދީނަށް ފުރައްސާރަ ކުރާ މީހުންނާ ދިމާލަށް ފަސްޖެހުމެއް ނެތި ޙައްގު ބަސް ބުނާ ތެދުވެރި އިޚުލާސްތެރިއެް މާތް ﷲ އަލީގެ މަސައްކަތުގައި ބަރަކާތްލައްވާށީ އާމީން
ސޭކުއިމުރާނުތިބޭފުޅާއަކީވަރައްހަޔާންކުޑަހަޑިމުޑުދާރުމީހެއް
ތިއައިމުރާނުއަޅުގަނަޑައްސިފަކުރެވެނީމުނާފިގަކައް)އެއީ.ތިއަބޭ
ފުޅާގާގަހުރީމުނާފިގުއްގެސިފަ.އެއީދޮގުހެބުނުމާއިދޭތެރެޖެއްސުމާއިފިތުނަފަސާދައުފެއްދުމާއިހާނެއްތެރިވުމާއިމިހެއްގޮސްނުކަމެއްނެއް
ޓިވާހަކަ ޤަބޫލު ނުކުރަން ޒާހިރު
ސަހަލު އެކަކުވެސް ނެތް ތިޔަތާނގަ.. އިމުރާނު ކީއްކުރަން ތިޔަ އަލީ ރަމީޒަކީ ވެސް ގޮތެއް ފޮތެއް ނެތް ފިތުނަވެރިއެއް.. އޭނާގެ ފިކުރާ ތަފާތުވާ ޢިލްނުވެރިންނަކީ ޝެއިޙުން ނޫންކަމަށް ދެއްކުމާ އެމީހުންނާ ގެޅި މައްލަވަަކުރުމަކީ އޭނާގެ އާދައެއް.. އޭނާ ޤަބޫލުނުކުރާ ސިޔާސީ މީހުންނާ ބެހޭ ގޮތުން ފިތުނަވެރިވާހަކަ ދެއްކުމުުގެ މާހިރެއް.. ތެދު ދޮގުު ބެލުމެއް ނެތި ސޯޝިޝަލް މީޑިއާއިން ފެންނަ ކޮންމެ އެއްޗެއް ޝެއަރކޮށް ސަރުކާރަށް އެއްޗެތިގޮވަމުން ދުވާ ލުކަޢު ގެ ދަރި ލުކަޢުުއެއް
އިމްރާނަށްއެކަނި މީހުން ވަކިކުރަން އެގެނީ:ޑޮކްޓަރ މުއިއްޒުެވެސް ވަރައް ރަގަޅައް އެގިހުރިމީހެއް އިމްރާނަކީ:އިމްރާނަކީ ކާކުކަން އެގޭމީހަކު މިޤައުމުގަ އެބަތިބިތަ؟އެންމެނައްވެސް އެގެއި ތީ ފައިސާގެ އަޅެއްކަން؛މަގާމާ މުދަލުގެ އަހުލުވެރިއެށްކަން