ޚަބަރު

ވިނަރެސް ފްލެޓްތަކުގެ އިންޓްރެސްޓް ރޭޓް 6% އަށް ކުޑަ ކޮށްދީފި

ޙައްވާ އިނާޝާ ، ދެން އޮންލައިން

ވިނަރެސް ފްލެޓްތަކަށް ދިގު މުއްދަތަށް ބަހާލައިގެން ފައިސާދައްކާ ފަރާތްތައް ދައްކަން ހަމަޖެހިފައިވާ އިންޓްރެސްޓް ރޭޓް 6% އަށް ކުޑަ ކޮށްދީފިއެވެ.

Ads by STELCO

އާބަންކޯ އިން މިއަދު ބުނީ ވިނަރެސް ފްލެޓްތަކަށް ދިގު މުއްދަތަށް ބަހާލައިގެން ފައިސާދައްކާ ފަރާތްތައް ދައްކަން ހަމަޖެހިފައިވާ އިންޓްރެސްޓް ރޭޓް 9% އިން 6% އަށް ބަދަލުކޮށްދީފައިވާ ކަމަށެވެ.

މިކަމުގެ ސަބަބުން ދިގު މުއްދަތައް ބަހާލައިގެން ފައިސާ ދައްކަ ފަރާތްތަކަށް ފައިސާ ދެއްކުމުގައި ލުއި ވެގެންދާނެ ކަމަށް އާބަންކޯ އިން ބުނެފައި ވެއެވެ.

އާބަންކޯ އިން ބުނީ އިންޓްރަސްޓް ރޭޓަށް މި ބަދަލު ގެނެސްދީފައި ވަނީ ހަމައެކަނި ދިގު މުއްދަތައް ބަހާލައިގެން ފައިސާދައްކާ ފަރާތްތަކަށް އެކަނި ކަމަށެވެ.

މީގެ އިތުރުން އާބަންކޯ އިން ބުނީ ހުޅުމާލޭގެ ބޯހިޔާވަހިކަން ފޯރުކޮށްދިނުމުގެ ގޮތުން އަރބަންކޯ އިން ހިންގާފައިވާ ވިނަރެސް މަޝްރޫޢުގައި މިހާރު މުޅި ޖުމްލަކޮށް  288 ވިނަރެސް އެގްރީމެންޓްގައި ސޮއި ކޮށްފައިވާ ކަމަށެވެ.

  1. އަދުރޭ

    މިސަރުކާރުންދޭން ވައުދުވީ ފުލެޓުތައް ކޮބައިތޯ ސަރުތު ހަމަވީ ފަރާުތްތަކައް ލިއުން ދޭނީ ކިހާތާކުތޯ ދައުރު ނިމެން ކުޑަދުވަސްކޮޅަކައްވެއްޖެ

  2. ނައީމް

    އަމާ ބުނީތީ ފަރަށްދާހެން ދޯ މި ކުޑަކުރީ