ޚަބަރު ދުނިޔެ

ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި ޣައްޒާގައި 400 މަރު

ޢާއިޝަތު އިނާޝް ، ދެން އޮންލައިން
ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި އިޒްރޭލުން ޣައްޒާއަށް ދިން ބޮމުގެ ހަމަލާތަކުގައި 400 މީހުން ޝަހީދުވެފައިވާކަމަށް އަލް ޖަޒީރާއިން މަޢުލޫމާތުދޭ...ފޮޓޯ: އަލް ޖަޒީރާ

ޔަހޫދީ އިޒްރޭލުން ފަލަސްތީނުގެ ޣައްޒާއަށް ދެމުންގެންދާ ހަމަލާތައް ވަރުގަދަކޮށް، އެ ސަރަޙައްދަށް ބޮންއެޅުމުގެ ސަބަބުން ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި 400 މީހުން ޝަހީދުކޮށްލައިފިއެވެ.

Ads by Sosun Fihaara
Ads by MWSC

ފަލަސްތީނުގެ ސިއްހީ އޮފިޝަލުންނާއި ޙަވާލާދީ އަލް ޖަޒީރާއިން ބުނީ ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި އެކަނި އިޒްރޭލުން ޣައްޒާއަށް ދިން ބޮމުގެ ހަމަލާތަކުގައި 400 މީހުން ޝަހީދުވެފައިވާކަމަށެވެ. އެއާއެކު ޣައްޒާއިން ޝަހީދުވި މީހުންގެ އަދަދު ވަނީ 4،600 އަށް ވުރެ މަތިވެފައެވެ.

އިސްރާއީލުން ވަނީ ޣައްޒާގެ އާބާދީ ބޮޑު ޖަބާލިއާ ރެފިއުޖީ ކޭމްޕާއި ޣައްޒާގެ އަލްޝިފާ އާއި އަލްޤުދުސް ހޮސްޕިޓަލް ކައިރީގައި ވާ ތަންތަނަށްވެސް ބޮން އަޅާފައެވެ. މިއާއެކު ޣައްޒާގައި މިހާރު ހުރި ހޮސްޕިޓަލްތަކަށް ބޮމުގެ ނުރައްކާ ވަނީ ވަރަށް ބޮޑުވެފައެވެ.

އަލް ޖަޒީރާއިން ބުނެފައިވާގޮތުގައި އިސްރާއީލުން ހިފާފައިވާ ވެސްޓުބޭންކް ސަރަޙައްދުގައި ރޭގަނޑު ރެއިޑްތައް ވަރުގަދަކުރިއިރު، ނަބްލޫސް ސަރަޙައްދު ރެއިޑްކުރުމުގެ ތެރޭގައި ފަލަސްތީނުގެ ދެ މީހަކު ވަނީ ޝަހީދުކޮށްލާފައެވެ.

ޗައިނާއިން ވަނީ ޣައްޒާގެ ހަނގުރާމަ ހުއްޓާލުމަށް ގޮވާލައި، ހަމަނުޖެހުންތައް ނިމުމަކަށް ގެނައުމަށް ކުރަންޖެހޭ ހުރިހާ ކަމެއް ކުރާނެކަމަށް ބުނެފައެވެ.

މިމަހު 7 ވަނަ ދުވަހުން ފެށިގެން އިޒްރޭލުން އަންނަނީ ފަލަސްތީނުގެ ޣައްޒާއަށް މެދުކެނޑުމެއްނެތި ހަމަލާދެމުންނެވެ. އަދި އިޒްރޭލުގެ މި ލާއިންސާނީ އަމަލުތަކަށް ހުޅަނގުގެ ގިނަ ޤައުމުތަކުގެ ވެރިން އަންނަނީ ހިތްވަރުދެމުންނެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!