ޚަބަރު

އާތިފު އަސްލަމްގެ ފަރާތުން ފަލަސްތީނަށް 15 މިލިއަން ރުޕީސް

ފަތޯނާ ފާއިޒު ، ދެން އޮންލައިން

އިޒްރޭލުން ދެމުން އަންނަ ހަމަލާތަކާއި ގުޅިގެން ފަލަސްޠީނުގެ ރައްޔިތުންނަށް އެންމެ އަސާސީ ބޭނުންތައް ފުއްދަން ވެސް ދަތިވެފައިވާ މި ދަނޑިވަޅުގައި ޕާކިސްތާނަށް ނިސްބަތްވާ އާތިފު އަސްލަމް، ފަލަސްޠީނަށް 15 މިލިއަން ރުޕީސް ހަދިޔާ ކޮށްފިއެވެ.

Ads by Sosun Fihaara

އޭނާ މި އަދަދު ހަދިޔާކޮށްފައިވަނީ ޕާކިސްތާނުގެ އަލްޚިދުމަތް ފައުންޑޭޝަނަށެވެ. މި ފައިސާ ބޭނުންކުރާނީ، ފަލަސްޠީނުގެ ރައްޔިތުންނަށް ބޭނުންވާ ކާބޯތަކެއްޗާއި، އަންނައުނު ފަދަ ޒަރޫރީ ކަންކަން ކުރުމަށެވެ.

އާތިފު މި ފައިސާ ހަދިޔާ ކުރިކަން ފާހަގަކޮށް، އަލް ޚިދުމަތު ފައުންޑޭޝަނުން ވަނީ އެކަމަށްޓަކައި އޭނާއަށް ޝުކުރުވެރިވާ ކަމަށް ބުނެފައެވެ.

ފަލަސްޠީނުގެ ރައްޔިތުންނަށް އެތައް ބަޔަކު އެހީވަމުން އަންނައިރު، މި މަހުގެ ހަތްވަނަ ދުވަހުން ފެށިގެން، ހައްދުފަހަނައަޅައިފައިވާ ޔަހޫދީން ދެމުން އަންނަ ހަމަލާތަކުގައި ފަލަސްޠީނުގެ އެތައް ބަޔަކު ވަނީ ޝަހީދު ކޮށްފައެވެ. މީޑިއާ ރިޕޯޓްތައް ބުނާ ގޮތުގައި، ފަލަސްޠީނުގެ 5000 މީހުން ޝަހީދު ކޮށްފައިވާއިރު، އޭގެތެރޭގައި ގިނަ އަދަދެއްގެ ކުޑަކުދިން ހިމެނެއެވެ.

 

 

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!