Friday, 6 November 2026
Advertisement
Ooredoo — Article-Top (leaderboard)
ޚަބަރު

ތިނަދޫ ސިޓީގެ ގެއެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައިފި

ތިނަދޫ ސިޓީގެ ގެއެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައިފި

ގދ. ތިނަދޫ ގެއެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައި ބޮޑެތި ގެއްލުންތަކެއް ލިބިއްޖެއެވެ.

މަޢުލޫމާތު ލިބިފައިވާ ގޮތުގައި، މި އަލިފާނުގެ ހާދިސާ ހިނގާފައި ވަނީ އެ ރަށު "ފެއިތު" ނަމަކަށް ކިޔާ ގެއެއްގައެވެ.

އަދި އެ ގެއަކީ ބިދޭސީން ދިރިއުޅޭ ގެއެއް ކަމަށް ވެސް އެނގިފައިވެއެވެ.

Advertisement
Allied — Dhen Online (box)

ހާދިސާ ހިނގިއިރު، އެ ގޭގައި އެއްވެސް މީހަކު ނެތުމުން، މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ނުވެއެވެ.

އެހެންނަމަވެސް ހާދިސާ ހިނގި ގެ ވަރަށް ބޮޑަށް އަނދައި ބޮޑެތި ގެއްލުންތައް ވެފައިވާ ކަމަށް މައުލޫމާތު ލިބެއެވެ.

އެގޮތުން ގޭގެ ސަމާނު ވަނީ ބޭނުން ނުކުރެވޭ ވަރަށް ހަލާކުވެފައެވެ.

އެ ގޭގައި އަލިފާން ރޯވާން ދިމާވި ސަބަބެއް އަދި އެނގިފައެއް ނުވެއެވެ.

ރިއެކްޝަން

Advertisement
HDC — Sidebar (box)

ކޮމެންޓް