ޚަބަރު

ބޭން އިސްރާއީލް"ގެ ނަމުގައި ޕެޓިޝަނެއްގައި ސޮއިކުރަން ފަށަނީ"

ޙައްވާ އިނާޝާ ، ދެން އޮންލައިން

ޔަހޫދީ އިސްރާއިލު މީހުން ރާއްޖެ އެތެރެވުން މަނާކޮށް، އިސްރާއީލުގެ ޕާސްޕޯޓުވެސް ރާއްޖެއިން ބަލައިނުގަތުމަށް ގޮވާލާ "ބޭން އިސްރާއީލް" ގެ ނަމުގައި ޕެޓިޝަނެއްގައި ސޮއިކުރަން ފެށުމަށް ތައްޔާރު ވެއްޖެއެވެ.

Ads by Hajj Corporation

މި ޕެޓިޝަންގައި ސޮއިކުރުމުގެ މަސައްކަތް ކުރިޔަށް ގެންދަނީ ސާފިން އެސޯސިއޭޝަނާއި މޯލްޑިވްސް ބޮޑީ ބޯޑިން އެސޯސިއޭޝަން އަދި އިންޓަނޭޝަނަލް އެއިޑް ކެމްޕޭން (އައިއޭސީ) ގުޅިގެންނެވެ.

އެގޮތުން މި ޕެޓިޝަންގައި ސޮއިކުރަން ފަށަން ހަމަޖެހިފައި ވަނީ އަންނަ ހޮނިހިރު ދުވަހުއެވެ.

މި ޕެޓިޝަންގައި އެއްވެސް ބޭނުމަކަށް އިސްރާއީލުގެ ޕާސްޕޯޓުގައި ރާއްޖެ އެތެރެވުން މަނާކޮށް ދިނުމަށް ގޮވާލާނެއެވެ.

ހަމަ އެހެންމެ ރާޅާ އެޅުމުގައި އުޅޭ ދިވެހިންނަށް އިސްރާއީލު ޓޫރިސްޓުންގެ ފަރާތުން ލިބޭ ޖިސްމާނީ އަނިޔާތަކާއި ބިރުދެއްކުންތައް ކަމާބެހޭ ފަރާތްތަކުން ބަލައި ފިޔަވަޅު އަޅައިދިނުމަށް ވެސް ގޮވާލާނެއެވެ.

މީގެ އިތުރުން ސާފިން ކޮމިއުނިޓީ އަށް އިސްރާއީލުގެ ޓޫރިސްޓުންގެ ފަރާތުން ކުރިމަތިވާ އެ ބާވަތުގެ މައްސަލަތައް ކުށްވެރިކޮށް އެކަންކަން ހުއްޓުވައި ދިނުމަށް މި ޕެޓިޝަންގައި ރާއްޖޭގެ ކަމާބެހޭ ފަރާތްތަކަށް ގޮވާލާނެއެވެ.

ޔަހޫދީ އިސްރާއީލުން މި މަހުގެ 7 ވަނަ ދުވަހުން ފެށިގެން މެދު ކެނޑުމެއް ނެތި ފަލަސްތީނަށް ދެމުންދާ ހަމަލާތަކުގައި ޝަހީދުވީ މީހުންގެ އަދަދު މިހާރު 6000 ވުރެ މައްޗައް އަރާފައި ވާއިރު މި ހަމަލާތަކުގައި ގެދޮރު ގެއްލި ޒަހަމް ވެފައިވާ މީހުންގެ އަދަދު އެތައް ހާހަކަށް އަރާނެއެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!