ޚަބަރު

ޔަހޫދީންގެ އަނިޔާވެރިކަމުގައި 6000އަށްވުރެ ގިނަ ފަލަސްޠީނުގެ ރައްޔިތުން ޝަހީދުވެއްޖެ

ފަތޯނާ ފާއިޒު ، ދެން އޮންލައިން

އިސްރާއީލްގެ ހައްދުފަހަނައަޅައިފައިވާ ޔަހޫދީން ދިން ހަމަލާތަކުގައި ޝަހީދުވި ފަލަސްތީނުގެ ޣައްޒާ ރައްޔިތުންގެ އަދަދު 6،055 އަށް އަރައިފިއެވެ.

Ads by Hajj Corporation

ޔަހޫދީން ޣައްޒާއަށް ބޮމުގެ ވާރޭ އޮއްސަން ފެށީ، މި މަހުގެ ހަތްވަނަ ދުވަހުއެވެ.

ޣައްޒާގެ ހަމާސް އާއި އިސްރާއީލާއި ދެމެދު ފެށި ހަނގުރާމަ އަދިވެސް ހުއްޓުމަކަށް އައިސްފައި ނުވާއިރު، ހޫދީންގެ ހަމަލާތަކުގައި ޣައްޒާގެ ކުށެއް ނެތް އެތައް ބަޔަކު ދަނީ ޝަހީދުވަމުންނެވެ.

ޔަހޫދީން ޣައްްޒާގެ ރައްޔިތުން އުޅޭ ތަންތަން ބަލައި، އެތަންތަނަށް ބޮން އަޅައި، ގިނަ އިމާރާތްތަކެއް ދަނީ ސުންނާފަތި ކުރަމުންނެވެ.

ބައިނަލްއަޤްވާމީ މީޑިއާ ރިޕޯޓްތައް ބުނާ ގޮތުގައި، މިއަދުގެ ހެނދުނާއި ހަމައަށް ޣައްޒާއިން 6،055 މީހަކު ވަނީ ޝަހީދުވެފައެވެ.

އަދި 15،143 މީހަކު ވަނީ ޒަޚަމްވެފައެވެ. އިޒްރޭލުން ފަލަސްޠީނުގެ އެއްވެސް ކުށެއް ނެތް މައުސޫމް ކުޑަކުދިންނާއި އަންހެނުން ޝަހީދު ކުރަމުން އަންނާތީ، ދުނިޔޭގެ އެކި ޤައުމުތަކުގެ އާއްމުން އަންނަނީ މިކަން ވަރަށް ބޮޑަށް ކުށްވެރި ކުރަމުންނެވެ.

Ads by HDC
  1. ދިވެހިންނަށް މީހާރުން މިހާރަށް ފަލަސްތީނަށް ޓަކައި ކޮށްދެވިދާނެ ކަންކަން :
    1/ ޔަހޫދީ އިސްރާއީލް ކުންފުނިތަކުން އުފައްދާ ބަނގުރަލާއި އޫރުމަހުގެ ބާވައްތަށް ދިވެހިރާއްޖެޔަށް އެތެރެކޮށް ވިއްކުން ވަގުތުން ހުއްޓާލުން.
    2/ އިސްރާއީލަށް އެހީވާ ޤައުމުތަކުން އުފައްދާ ބަނގުރާ އޫރުމަސް ދިވެހިރާއްޖެއަށް އެތެރެކޮށް ވިއްކުން ވަގުތުން ހުއްޓަލުން.
    3/ އިސްރާއީލަށް އެހީތެރިވާ ޤައުމުތަކުގެ ސަފީރުން ވަގުތުން ވަގުތަށް ފޮނުވާލުން .
    4/ ފަސްނަމާދުގައި ޤުނޫތު ނާޒިލާ ކިޔަން ހަމަޖެއްސުން .
    5/ އެއާޕޯޓްގެ ޑިއުޓީފުރީން ބަނގުރާ ވިއްކުން ހުއްޓާލުން.
    ނޯޓް: ޔަހޫދީން ފުރާނަ މުއްތި ކުރަނީ ބަނގުރަލާއި އޫރުމަހުން، މިއެއްޗެހި ނުލިބުމަށްވުރެން އެމީހުން ހިއްދަތިވެ ބަލިކަށިވާނެ ކަމެއް ދުނިޔެމަތީގައި ނުވާނެ. ދުނިޔޭގައި ވިއްކާ ބަނގުރަލާއި އޫރުމަހުގެ ފައިސާގެ ބޮޑުބަޔެއް ލިބެނީ އިސްރާއީލް ދައުލަތަށް.