އާޒިމާގެ ހޫނު ރައްދެއް އެމްޑީޕީއަށް: ތި ކުރައްވަނީ ފުރަތަމަވެސް ބަލިވާނެ ހަނގުރާމައެއް

ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދު ރިޔާސަތުގައި އިންނަވައިގެން އިންތިޚާބީ ރައީސް މަޤާމުގެ ހުވާކުރައްވައިފިނަމަ އެ ހުވައަކީ ސައްޙަ ހުވައަކަށް ވެގެން ނުދާނެ ކަމަށް އެމްޑީޕީން ވިދާޅުވުމާއި ގުޅިގެން އެކަމަށް ކުރީގެ ބަންޑާރަ ނައިބު އައިޝަތު އާޒިމާ ޝަކޫރު ރައްދުދެއްވައިފިއެވެ.
އިންތިހާބީ ރައީސް ޑރ. މުހައްމަދު މުޢިއްޒު ވެރިކަމާ ހަވާލުވެވަޑައިގަތުމަށް ހުވާ ކުރެއްވުމުގެ ރަސްމިއްޔާތު ކުރިއަށް ގެންދަން ޖެހޭނީ މަޖިލީހުގެ އިތުބާރު އޮތް ރައީސަކާ އެކު ކަމަށާއި މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ އިތުބާރުގެ މައްސަލަ ނުނިންމައި މުއިއްޒު ކުރައްވާ ވެރިކަމުގެ ހުވާ ޤަބޫލުނުކުރާނެ ކަމަށް އެމްޑީޕީއިން ވަނީ ނިންމާފައެވެ.
https://dhen.mv/201829
އެމްޑީޕީގެ ނިންމުމަށް ރައްދުދެއްވަމުން އާޒިމާ ވަނީ އެގޮތަށް އެކަން ކުރެއްވުމުން ސަރުކާރު ހުއްޓުމަކަށް ގެނެވޭނެތޯ ސުވާލުކުރައްވާފައެވެ.
"އޭރުން ނަޝީދުއާއި އީވާ މަޤާމުންވަކި ކުރެވުނު ކަމަށްވާނެތޯ؟ ސަރުކާރު ހުއްޓުމަކަސް ގެނެވޭނެތޯ؟ ފުރަތަމަވެސް ބަލިވާނެ ހަނގުރާމައެއް. މި ސަރުކާރުގެ ޤާނޫނޫ ޓިމުގެ ފެންވަރު އެނގެނީ މިކަހަލަ ދެކޮޅުނުޖެހޭ ކަންކަމުން. ޗާގިސްގެ މައްސަލަ ގެއްލުނީ ގެއްލެންވެގެން." އާޒިމާ ވިދާޅުވެފައިވެއެވެ.
އެމްޑީޕީގެ ޕީޖީ ގުރޫޕުގެ ބައްދަލުވުމަކަށް ފަހު ނޫސްވެރިންނާއި ބައްދަލު ކުރައްވައި ވާހަކަ ދައްކަވަމުން އެ ގްރޫޕްގެ ލީޑަރު އަސްލަމް ވިދާޅުވީ މެންބަރުންގެ އިތުބާރުނެތް ރިޔާސަތެއް ރައްޔިތުންގެ މަޖިލީހުގައި ބައިންދައިގެން ކުރިއަށް ދާން ބޭނުންނުވާ ކަމަށާއި އިންތިޚާބީ ރައީސް ހުވާ ކުރުމުގެ ރަސްމިއްޔާތު ކުރިއަށް ގެންދަން ބޭނުންފުޅު ވަނީ އިތުބާރު އޮތް ރައީސްއަކާއެކު ކަމަށެވެ.
އަދި ރައީސް ނަޝީދުގެ އިތުބާރު ނެތް ކަމުގެ މައްސަލަ 29 ވަނަ ދުވަހު ހުށައަޅަން ޖެހޭނެ ކަމަށާއި މަޖިލީހުގެ އެއްވެސް ކަމެއް ކުރިއަށް ގެންދެވޭނީ އެ މައްސަލާގައި ވޯޓު ނެގުމަށް ފަހު ކަމަށް ވެސް އެމްޑީޕީގެ ޕީޖީ ގުރޫޕުން ވަނީ ބުނެފައެވެ.







ކޮމެންޓް