Saturday, 31 October 2026
Advertisement
Allied Insurance (leaderboard)
ޚަބަރު

ރާއްޖޭގެ ކަނޑުގެ ސަރަހައްދުން ވަގަށް މަސްވެރިކަން ކުރި މަސްބޯޓުތަކެއް ޖޫރިމަނާކޮށް އަނބުރާ ފޮނުވާލައިފި

ރާއްޖޭގެ ކަނޑުގެ ސަރަހައްދުން ވަގަށް މަސްވެރިކަން ކުރި މަސްބޯޓުތަކެއް ޖޫރިމަނާކޮށް އަނބުރާ ފޮނުވާލައިފި
ރާއްޖޭގެ އިޤުތިޞާދީ ސަރަޙައްދަށް ހުއްދަނެތި ވަދެ، މަސްވެރިކަން ކުރި މަސްބޯޓުތަކެއް ޖޫރިމަނާކޮށް އަނބުރާ ފޮނުވާލައިފިއެވެ. މިނިސްޓްރީ އޮތް ފިޝަރީޒް، މެއިން ރިސޯސަސް އެންޑް އެގްރިކަލްޗަރ އިން ހާމަކުރެއްވި ގޮތުގައި ރާއްޖޭގެ އިޤުތިޞާދީ ސަރަޙައްދަށް ހުއްދަނެތި ވަދެ، މަސްވެރިކަން ކުރަމުން ދިޔަކަމުގެ ތުހުމަތުގައި ފާއިތުވި ސެޕްޓެންބަރު 18 ވަނަ ދުވަހު ރާއްޖެއިން ބޭރުގެ ބޯޓުތަކެއް ހިފަހައްޓާފައިވާކަމަށެވެ. ކޯސްޓް ގާޑުން ހިފެހެއްޓި ސްރީލަންކާގެ 5 މަސްބޯޓުކަމަށާއި އެ މައްސަލަބަލައި، އެއުޅަނދުތަކަށް ކުރެވުނު ޖޫރިމަނާ ދެއްކުމުން، މި 5 އުޅަނދު މިހާރު ވަނީ އަނބުރާ ފޮނުވާލާފައިކަމަށްވެސް ފިޝަރީޒް މިނިސްޓްރީން މަޢުލޫމާތުދެއްވާފައިވެއެވެ.

އެގޮތުން، އެއިން ކޮންމެ ބޯޓެއް 100،000ރ. އިން ޖޫރިމަނާ ކޮށްފައިވާކަމަށާއި، މަސްވެރިކަމުގެ އާ ޤާނޫނު 2019 ގައި އަމަލުކުރަން ފެށި ފަހުން، ރާއްޖޭގެ ޚާއްޞަ އިޤްތިޞާދީ ސަރަޙައްދަށް ވަދެ ވަގަށް މަސްވެރިކަން ކޮށްފައިވާ ބޭރުގެ 20 މަސްބޯޓެއްގެ މައްސަލަ ބަލައި އެ އުޅަނދުތައް ޖޫރިމަނާ ކޮށްފައިވާކަމަށްވެސް އެ މިނިސްޓްރީން ވިދާޅުވެފައިވެއެވެ.

ލަންކާގެ މަސްބޯޓުތައް ރާއްޖޭގެ ކަނޑުގެ ސަރަހައްދަށް ވަދެ، މަސްވެރިކަން ކުރަމުން ދަނިކޮށް ކޯސްޓްގާޑުން ވަނީ މީގެ ކުރިންވެސް އެކި ފަހަރުމަތިން ހިފަހައްޓާފައެވެ.

ރިއެކްޝަން

Advertisement
Allied — Dhen Online (box)

ކޮމެންޓް