ޚަބަރު އިޖުތިމާޢީ ސަރުކާރު

މުދަލު ޒަކާތުގެ ގޮތުގައި 70 މިލިއަން ރުފިޔާ ލިބިއްޖެ

ޙައްވާ އިނާޝާ ، ދެން އޮންލައިން

މުދަލު ޒަކާތުގެ ގޮތުގައި މި އަހަރުގެ ސެޕްޓެމްބަރު މަހުގެ ނިޔަލަށް 70 މިލިއަން ރުފިޔާ ލިބިފައިވާ ކަމަށް މީރާގެ ތަފާސް ހިސާބުތަކުން ދައްކައިފިއެވެ.

Ads by STELCO

މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ (މީރާ) އިން އާންމުކޮށްފައިވާ ތަފާސްހިސާބުތައް ދައްކާ ގޮތުން މުދަލު ޒަކާތުގެ ގޮތުގައި ލިބުނު އަދަދު ވަނީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހާ އަޅާބަލާއިރު މި އަހަރު މަދުވެފައެވެ.

އެގޮތުން މުދަލު ޒަކާތުގެ ގޮތުގައި މިދިޔަ އަހަރުގެ މި މުއްދަތުގައި 73 މިލިއަން ރުފިޔާ ވަނީ ލިބިފައެވެ.

މީރާއިން އާންމުކޮށްފައިވާ ތަފާސް ހިސާބުތަކުން ފާއިތުވި ޖެނުއަރީ މަހު މުދަލު ޒަކާތުގެ ގޮތުގައި 5.1 މިލިއަން ރުފިޔާ ލިބިފައި ވާއިރު ފެބްރުއަރީ މަހު ވަނީ 5 މިލިއަން ރުފިޔާ ލިބިފައެވެ. އަދި ފާއިތުވި މާޗު މަހު 11.1 މިލިއަން ރުފިޔާ މުދަލު ޒަކާތުގެ ގޮތުގައި ލިބިފައި ވާއިރު އޭޕްރީލް މަހު ވަނީ 22.3 މިލިއަން ރުފިޔާ ލިބިފައެވެ.

ހަމަ އެހެންމެ ފާއިތުވި މެއި މަހު 4.5 މިލިއަން ރުފިޔާ މުދަލު ޒަކާތުގެ ގޮތުގައި ލިބިފައި ވާއިރު ޖޫން މަހު 3.1 މިލިއަން ރުފިޔާ އަދި ޖުލައި މަހު 7.3 މިލިއަން ރުފިޔާ ވަނީ ލިބިފައެވެ.

މީގެ އިތުރުން ފާއިތުވި އޮގަސްޓު މަހު 8.5 މިލިއަން ރުފިޔާ މުދަލު ޒަކާތުގެ ގޮތުގައި ލިބިފައި ވާއިރު ސެޕްޓެމްބަރު މަހު ލިބިފައި ވަނީ 2.8 މިލިއަން ރުފިޔާއެވެ.

މުދަލު ޒަކާތް ކުރިން ދައްކަނީ އިސްލާމިކް މިނިސްޓްރީ އަށެވެ. ނަމަވެސް 2016 ވަނަ އަހަރުން ފެށިގެން މުދަލު ޒަކާތް ބަލައިގަތުން ވަނީ މީރާ އަށް ބަދަލުކޮށްފަ އެވެ.

މުދަލު ޒަކާތް ވާޖިބުވާ ނިޞާބު ކަނޑައަޅަނީ އިސްލާމިކް މިނިސްޓްރީންނެވެ. މިވަގުތު މުދަލު ޒަކާތް ވާޖިބުވާ ނިޞާބުގެ އަދަދަކީ 7،151.90 ރުފިޔާ އެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!