ދަ ޑިމޮކްރެޓްސްގެ ނައިބު ރައީސްގެ މަޤާމަށް ޝިފާޒު ކުރިމަތިލައްވައިފި

ދަ ޑިމޮކްރެޓްސް ޕާޓީގެ ނައިބު ރައީސް ކަމުގެ މަޤާމަށް ރައީސް އޮފީހުގެ ކުރީގެ މިނިސްޓަރު މުޙައްމަދު ޝިފާޒު ކުރިމަތިލައްވައިފިއެވެ.
ޝިފާޒު މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ރާއްޖޭގެ އުންމީދީ ސިޔާސީ މުސްތަޤްބަލަށް ދަ ޑިމޮކްރެޓްސްއިން ކުރައްވާ މަސައްކަތާއެކު އެ ޕާޓީގެ ނައިބު ރައީސްގެ މަޤާމަށް ކުރިމަތިލައްވައިފިން ކަމަށާއި އެ ޕާޓީގެ މެންބަރުންގެ ތާއީދާއި އެއްބާރުލުން ލިބޭނެކަމަށް އުންމީދުކުރައްވާކަމަށެވެ.
ދަ ޑިމޮކްރެޓްސް ޕާޓީގެ ފުރަތަމަ ދައުރުގެ މަޤާމުތަކަށް ކުރިމަތިލުމުގެ ފުރުޞަތު 15 އޮކްޓޫބަރުގައި ހުޅުވާލާފައިވާއިރު، އެ ޕާޓީގެ އަސާސީ ގަވާއިދުގައި ބަޔާންކުރާ ދާއިމީ މަގާމުފުރާތަކަށް މީހުން އިންތިޚާބުކުރުމަށް ޕާޓީގެ މެންބަރުންގެ މެދުގައި އާންމު އިންތިޚާބުތައް ބާއްވަންޖެހެއެވެ.