ހިމަންދޫ ރައްޔިތުންގެ ފަރާތުން ފަލަސްތީނަށް 230،000 ރުފިޔާ

އއ. ހިމަންދޫގެ ރައްޔިތުން ގުޅިގެން ހިންގި ފަންޑް ރެއިސިން ހަރަކާތުގައި 230،000 ރުފިޔާ އެއްކޮށްފިއެވެ.
އިސްރާއީލްގެ ލާއިންސާނީ ޙަމަލާތަކުގައި އަނިޔާ ލިބިފައިވާ އަދި ހާލުގައި ޖެހިފައިވާ ފަލަސްތީނުގެ ރައްޔިތުންނަށް އެހީތެރިވުމުގެ ގޮތުން ހިމަންދޫގެ އިންޖީނުގެ ހިންގާ ސްޓެލްކޯގެ މުވައްޒަފުން އިންތިޒާމްކުރި މި ހަރަކާތުގައި އެރަށުގެ ގިނަ ބަޔަކު ވަނީ ބައިވެރިވެ ފައިސާ ހަދިޔާކޮށްފައެވެ.
ސްޓެލްކޯއިން ކުރި ޕޯސްޓެއްގައި، ފަލަސްތީނުގެ ރައްޔިތުންނަށް އެހީވުމަށް ހިމަންދޫގެ އިންޖީނުގޭގެ މުވައްޒަފުންގެ އިސްނެގުމުގެ މަތިން އެ ރަށުގެ ސަރުކާރުގެ މުއައްސަސާތަކާއި ކުލަބް ޖަމިއްޔާތަކާއި ޓީމުތަކާ އަދި ހުރިހާ ރައްޔިތުން ޝާމިލްވާ ގޮތަށް ބޭއްވި "ހިމަންދޫ ރައްޔިތުން ފަލަސްތީނާ އެކު" އިވެންޓުން 230،000ރ. ލިބިފައިވާކަމަށް ބުނެފައިވެއެވެ.
[caption id="attachment_202609" align="alignnone" width="1024"]<img class="wp-image-202609 size-large" src="https://cdn.dhen.mv/wp-content/uploads/2023/11/379385_3_e3746beedaabdfae4b84557f942ee641d66a78c2_large-1024x660.jpeg" alt="" width="1024" height="660" /> އއ. ހިމަންދޫގައި ބޭއްވި ފަންޑް ރެއިޒިން ހަރަކާތުގައި އިސްކޮށް އުޅުނު ސްޓެލްކޯގެ މުވައްޒަފުން. ފޮޓޯ: ސްޓެލްކޯ[/caption]
އަދި މި ފައިސާ މިހާރު އިންޓަނޭޝަނަލް އެއިޑް ކެމްޕޭން (އައިއޭސީ) އާ ޙަވާލުކޮށްފައިވާކަމަށްވެސް ސްޓެލްކޯއިން ބުނެފައިވެއެވެ.
"މިފަދަ ކަންކަމުގައި އަޅުގަނޑުމެންގެ މުވައްޒަފުން އަބަދުވެސް ދައްކަވަމުން ގެންދާ ނަމޫނާއަށް ފަހުރުވެރިކަމާ އެކު ޝުކުރު ދަންނަވަން" އެ ކުންފުނީގެ ޕޯސްޓުގައި ބުނެފައިވެއެވެ.
ފަލަސްތީނަށް އެހީވުމުގައި ދިވެހިން އަންނަނީ ނަމޫނާ ދައްކަމުންނެވެ. އެކިއެކި ހަރަކާތްތައް ބާއްވައިގެންނާއި، ފަންޑު ފޮށި ބަހައްޓައިގެން އަދި އެހެނިހެން ގޮތްގޮތުން، އެކި މުއައްސަސާތަކާއި ޖަމިއްޔާތަކުން އަންނަނީ ފަލަސްތީނުގެ ރައްޔިތުންނަށް އެހީތެރިކަން ފޯރުކޮށްދެމުންނެވެ.
އައިއޭސީން ހުޅުވާލާފައިވާ ފަންޑަށް މިހާތަނަށް 24 މިލިއަނަށްވުރެ ގިނަ ރުފިޔާ ވަނީ ލިބިފައެވެ.







ކޮމެންޓް