އިންތިހާބީ ރައީސް އަށް ޖެއްސުން ނުކުރޭ: ނިހާދު

އިންތިހާބީ ރައީސް ޑރ. މުޙައްމަފު މުޢިއްޒަށް ޖެއްސުން ނުކުރުމަށް ފޭދޫ ދާއިރާގެ އެމްޑީޕީ މެންބަރު މުޙައްމަދު ނިހާދު އިލްތިމާސްކޮށްފިއެވެ.
އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ނިހާދު ވިދާޅުވީ މުޢިއްޒުގެ ސަރުކާރު ވައްޓާލަން ރައީސް ނަޝީދު ރޭވީ ނިޒާމް ބަދަލުކޮށްގެން ކަމަށެވެ. ނަމަވެސް އެކަން ހުއްޓުވީ އެމްޑީޕީން ކަމަށާއި ކުރިޔަށް އޮތް ދުވަސްތަކުގައި ވެސް އެފަދަ ކަންކަން ހުއްޓުވާނީ އެމްޑީޕީން ކަމަށެވެ.
ނިހާދު ވަނީ އިންތިހާބީ ރައީސްއަށް ޖެއްސުން ކުރުން ހުއްޓާލާ، ފިތުނަ ކުރަން އެކި ވާހަކަތައް ނުފެތުރުމަށް އިލްތިމާސްކޮށްފައެވެ.
“ކޮމާންޑް ސެންޓަރުން އަންގާ ގޮތަށް އަމަލު ކުރަނީ ކޮއްކޯފުޅުކަން އެންމެނަށް އިނގޭ! މުޢިއްޒުގެ ސަރުކާރު ވައްޓާލަން ރައީސް ނަޝީދު ރޭވީ ނިޒާމް ބަދަލުކޮށްގެން. އެކަން ހުއްޓުވީ އެމްޑީޕީ އިން. ދެންވެސް ހުއްޓުވާނީ އެމްޑީޕީން. އިންތިހާބީ ރައީސްއަށް ޖެއްސުން ނުކުރޭ. ފިތުނަ ކުރަން މޮޅެތި ވާހަކަ ނުދައްކާ” ނިހާދު ވިދާޅުވިއެވެ.
މީގެ އިތުރުން ކުރެއްވި ޕޯސްޓެއްގައި ނިހާދު ވިދާޅުވީ މަގާމަށްޓަކައި މީހަކު ނިކުމެ ކޮއްކޯފުޅު ބޭނުންކޮށްގެން ދަޢުލަތުގެ އެއް ބާރު ހުއްޓާލުމަކީ ލަދުވެތި ކަމެއް ކަމަށެވެ.
އެމްޑީ ޕީ ގެމާބޮޑުބާރެއް ކުރިއައްއޮއެއް އިންތިޙާބެއްގާ ދެންނޯންނާނެ ދާނީ ސޮއްބޮކުން