Friday, 6 November 2026
Advertisement
STO — McCoy (leaderboard)
ޚަބަރު

މި ސީޒަނުގެ ފުރަތަމަ ކްރޫޒްލައިނާ ރާއްޖެ އަތުވެއްޖެ

މި ސީޒަނުގެ ފުރަތަމަ ކްރޫޒްލައިނާ ރާއްޖެ އަތުވެއްޖެ

ޖަރިމަނުގެ އަމިއްލަ ކުންފުންޏަކުން ހިންގާ "އައިޑާ ބެލާ" ކްރޫޒްލައިނާ އިއްޔެ ރާއްޖެ އަތުވެއްޖެއެވެ.

އެ ކްރޫޒް ލައިނާ މާލެއަށް ބަނދަރުކޮށްފައިވަނީ، އިއްޔެ ހެނދުނު 10:02 ގައެވެ. މި ކްރޫޒް ލައިނާއިން 2008 ފަތުރުވެރިން އައިއިރު، އޭގެ އިތުރަށް 600 ކްރޫއިން މި ކްރޫޒް ލައިނާގައި ތިބެއެވެ. މި ކްރޫޒް ލައިނާ މާލެ އައިސްފައިވަނީ 2 ދުވަހަށެވެ.

މޯލްޑިވްސް އެސޯސިއޭޝަން ފޯރ ޔޮޓް އެޖެންޓްސް (މާޔާ) އިން ބުނީ މިއީ 2023/2024 ސީޒަނުގެ ފުރަތަމަ ކްރޫޒް ލައިނާ ކަމަށެވެ.

Advertisement
Ooredoo — Square (box)

ކްރޫޒްލައިނާގެ ކަންކަން ބެލެހެއްޓުމުގައި އެހީތެރިވެދިން ހުރިހާ އިދާރާއަކަށް މާޔާއިން ވަނީ ޝުކުރު އަދާ ކޮށްފައެވެ.

ރިއެކްޝަން

Advertisement
Allied Insurance — Square (box)

ކޮމެންޓް