Wednesday, 28 October 2026
Advertisement
Allied Insurance (leaderboard)
ޚަބަރު

އެމްއެންޔޫގެ ޖޮބް ފެސްޓިވަލް ފެށިގެން ކުރިއަށް ދަނީ

އެމްއެންޔޫގެ ޖޮބް ފެސްޓިވަލް ފެށިގެން ކުރިއަށް ދަނީ

މޯލްޑިވްސް ނެޝަނަލް ޔުނިވަރސިޓީ (އެމްއެންޔޫ) އިން އިންތިޒާމްކޮށްގެން މިއަހަރު ބާއްވާ ޖޮބް ފެސްޓިވަލް "ފަހި ފުރުސަތު" ގެ ނަމުގައި އިއްޔެ ފަށައިފިއެވެ.

އެމްއެންޔޫގެ މި ޖޮބް ފެސްޓިވަލް ކުރިއަށްގެންދާނީ ދެ ދުވަހުގެ މުއްދަތަކަށެވެ.

އެގޮތުން އިއްޔެ ފެށި މި ފެސްޓިވަލް މިއަދުވެސް ހަވީރު 4 އިން ރޭގަނޑު 10 އަކަށް ކުރިއަށް ގެންދާގޮތަށް ވަނީ ހަމަޖެހިފައެވެ.

Advertisement
Ooredoo — Truecaller (box)

މި ފަހަރުގެ ޖޮބް ފެސްޓިވަލްގައި 26 ފަރާތަކުން ބައިވެރިވާ ކަމަށް އެ ޔުނިވާސިޓީން ހާމަ ކުރެއެވެ.

އެމްއެންޔޫ އިން ބުނީ މި ފެސްޓިވަލަކީ އެ ޔުނިވަރސިޓީން ކިޔަވައިގެން ނިކުންނަ ދަރިވަރުންނަށް، ރާއްޖެއިން ލިބެން ހުރި ވަޒީފާގެ ފުރުޞަތުތަކާއި ގުޅޭގޮތުން އެއް ތާކުން މަޢުލޫމާތު ފޯރުކޮށްދިނުމަށް ބާއްވާ ފެސްޓިވަލެއް ކަމަށެވެ.

މި ފެސްޓިވަލް ހުޅުއްވައިދެއްވާފައި ވަނީ މިނިސްޓަރ އޮފް ހަޔަރ އެޑިއުކޭޝަން ޑރ. އިބްރާހިމް ޙަސަންއެވެ.

ރިއެކްޝަން

Advertisement
Ooredoo — Truecaller (box)

ކޮމެންޓް