Friday, 30 October 2026
Advertisement
Allied Insurance (leaderboard)
ޚަބަރު

ރައީސް ނަޝީދުގެ އިތުބާރު ނެތް މައްސަލަ ކުރިއަށް ގެންދިޔުމަށް ބަންޑާރަ ނައިބުގެ ލަފާ ހޯދަނީ

ރައީސް ނަޝީދުގެ އިތުބާރު ނެތް މައްސަލަ ކުރިއަށް ގެންދިޔުމަށް ބަންޑާރަ ނައިބުގެ ލަފާ ހޯދަނީ

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދުގެ އިތުބާރު ނެތް ކަމަށް އެމްޑީޕީން ހުށަހަޅާފައިވާ މައްސަލަ ކުރިއަށް ގެންދިޔުމަށް ބަންޑާރަ ނައިބުގެ ލަފާ ހޯދުމަށް ނިންމައިފިއެވެ.

މިގޮތަށް ނިންމާފައި ވަނީ މިއަދު ބޭއްވި މަޖިލީހުގެ އާއްމު ކޮމިޓީގެ ބައްދަލުވުމުގައެވެ.

އެގޮތުން އާންމު ކޮމިޓީއަށް އެކަން ހުށަހަޅުއްވާފައި ވަނީ އަލިފުށީ ދާއިރާގެ އެމްޑީޕީގެ މެންބަރު މުހައްމަދު ރަޝީދު ހުސައިންއެވެ.

Advertisement
Allied Insurance — Square (box)

މެންބަރު މުޙައްމަދު ރަޝީދު ހުށަހެޅުއްވީ އާއްމު ކޮމިޓީއަށް ލިބިފައިވާ އިޚުތިޔާރުގެ ތެރެއިން ގަވާއިދާ ޚިލާފަށް މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲއާއި ވިލުފުށީ ދާއިރާގެ މެންބަރު ޙަސަން އަފީފް މިއަދުގެ ޖަލްސާ ނިންމަވާލައްވާފައި ވާތީ، އެ މައްސަލައިގައި މަޖިލީހުގެ އަމީން އާއްމަށް އެހީތެރިވުމުގެ ގޮތުން ނަޝީދުގެ މައްސަލަ ކުރިއަށް ގެންދިޔުމަށް ބަންޑާރަ ނައިބުގެ ލަފައެއް ހޯދުމަށެވެ.

ހަމަ އެހެންމެ އެ މައްސަލައާ ގުޅިގެން މަޖިލީހުގެ މަސައްކަތްތައް ހުއްޓުމަކަށް އައިސްފައި އޮތް އޮތުމަށް ހައްލެއް ހޯދަން ޖެހޭ ކަމަށާއި އެ މައްސަލައަށް ގޮތެއް ނިންމުމަށް ވީހާވެސް އަވަހަށް ހައްލު ހޯދަން ޖެހޭކަން މުޙައްމަދު ރަޝީދު ވަނީ ފާހަގަކުރައްވާފައެވެ.

މިގޮތުން އެ ބައްދަލުވުމުގައި ބައިވެރިވި ހަތް މެންބަރުންގެ އަގުލައްބިއްޔަތުން ވަނީ ބަންޑާރަ ނައިބު އިބްރާހީމް ރިއްފަތުގެ ލަފާ ހޯދުމަށްފަހު އެ ލަފާ އަމީން އާންމް ފާތިމަތު ނިއުޝާއަށް އެރުވުމަށް ފާސްކޮށްފައެވެ.

ރިއެކްޝަން

Advertisement
Ooredoo — Truecaller (box)

ކޮމެންޓް