ޚަބަރު ވިޔަފާރި

ކުކުޅު ފިހާރަ - ހަފުތާގެ ނަސީބު ވެރިއަކަށް އަޒާން

އަލީ ޝިފާޒް ، ދެން އޮންލައިން

ކުކުޅު ފިހާރަ އިން ކޮންމެ ހަފުތާއަކު "ފްރޯޒަން ޕެކް" އެއް ލިބޭ ޕްރޮމޯޝަންގެ ފުރަތަމަ ހަފްތާގެ ނަސީބުވެރިއަކަށް މުހައްމަދު އަޒާން ހޮވިއްޖެއެވެ.

Ads by Sosun Fihaara

މި މަހުގެ 20 ފެށިގެން އަންނަ އޮކްޓޫބަރު 20 ގެ ނިޔަލަށް ފޭސްބުކްގައި އެ ފިހާރައިން ކުރިއަށް ގެންދާ މި ޕްރޮމޯޝަނުގައި ކުކުޅު ފިހާރައިގެ ޕޭޖާގައި "ޝެއާ އެންޑް ވިން" ޕޯސްޓު ލައިކް ކުރުމަށް ފަހު، އެ ޕޯސްޓު ޝެއާކޮށް، ރައްޓެއްސަކު ޓެގް ކުރުމުން މި ޕްރޮމޯޝަނުގައި ބައިވެރިވެވޭނެ އެވެ.

ޖުމްލަ ދެ މަސް ދުވަހަށް ކުރިއަށްދާ މި ޕްރޮމޯޝަން ހަފްތާގެ ނަސީބުވެރިޔާ އިއުލާން ކުރާނީ ކޮންމެ އަންގާރަ ދުވަހަކު ކަމަށް ކުކުޅު ފިހާރައިން ބުނެއެވެ.

CONGRATULATIONS To our week 1 Winner މުހައްމަދު އަޒާން Kindly inbox your contact number and address to deliver your Winning Gift pack ✨✨🥳🥳

Posted by Kukulhu fihaara on Tuesday, 25 August 2020

ކުކުޅު ފިހާރައަކީ ގިނަ އަދަދެއްގެ ފިނި ކުރި ސާމާނު އެންމެ އަގު ހެޔޮކޮށް ވިއްކަމުން އަންނަ ފިހާރަ އެވެ. ކުކުޅު ފިހާރައިން ހޯލްސޭލް ކުރާތާ މިހާރު ހަ އަހަރުވެއްޖެއެވެ. އެ ފިހާރައިގެ އައުޓްލެޓްތަކުން ވިޔަފާރި ކުރާ މީހުންނަށް ކުކުޅު ހިލޭ ކޮށައި ދިނުމާއި ހިލޭ ޑެލިވަރީ ކުރުމުގެ ހިދުމަތް ވެސް ފޯރުކޮށްދެ އެެވެ.

އަދި ކުކުޅު ފިހާރަ އިން ކުކުޅުގެ ބާވަތްތަކުން "ކަރީ ކަޓް" ވެސް ވަނީ ތައާރަފް ކޮށްފަ އެވެ.

ކުކުޅު ފިހާރައިން މިހާރު ވެސް ކުރިއަށް ގެންދާ އިތުރު ޕްރޮމޯޝަންގައި ބައްލަވައިގަންނަވާ ކޮންމެ 10 ކޭސް ކޮށި ކުކުޅަށް 1 ކޭސް ކޮށި ކުކުޅު ހިލޭ ލިބޭނެއެވެ. އަދި މި ޕްރޮމޯޝަންގައި ބައްލަވައިގަންނަ ކޮންމެ 10 ކޭސް ނުކޮށާ ކުކުޅު ކޭހަކުން 10 ރުފިޔާގެ ޑިސްކައުންޓް ވެސް ލިބޭނެއެވެ. މި ޕްރޮމޯޝަން ކުރިއަށް ދާނީ މިމަހުގެ ނިޔަލަށެވެ.

"ކުކުޅު ފިހާރަ"އިގެ ފަސް އައުޓްލެޓެއް ހުރެއެވެ. ކުކުޅު ފިހާރަ 1 ހުޅުމާލޭގައި ހުންނަ އިރު ކުކުޅު ފިހާރަ 2 ހުންނަނީ މާފަންނު އޭއެމްޑީސީ ސަރަހައްދުގަ އެވެ. ކުކުޅު ފިހާރަ 3 ހުންނަނީ ހެންވާރު ކަލާފާނު ހިނގުމުގަ އެވެ. އަދި 4 ވަނަ ފިހާރަ އއ. ތޮއްޑޫގައި ހުންނައިރު 5 ވަނަ ފިހާރަ ހުންނަނީ އައްޑޫ ސިޓީ ހިތަދޫ ގައެވެ.

ޑެލިވަރީ ކުރުމަށް 9986575 އަށް ގުޅައިގެން ކުރިއަށް ގެންދެވޭނެ އެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!