މިނިސްޓަރު އާދަމް ނަޞީރު ފަލަސްޠީނުގެ ސަފީރާއި މިއަދު ބައްދަލުކުރައްވައިފި

ދިވެހިބަހާއި ސަގާފަތާއި ތަރިކައިގެ ވަޒީރު އަލްފާޟިލް އާދަމް ނަޞީރު އިބްރާހީމް ފަލަސްޠީނުގެ ސަފީރު ވާލިދު އަބޫ ޢަލީ އާ މިއަދު ބައްދަލު ކުރައްވައިފިއެވެ.
މި ބައްދަލުވުމުގައި މައިގަނޑު ގޮތެއްގައި މަޝްވަރާކުރައްވާފައިވަނީ މި ވަގުތު ޣައްޒާގެ ޙާލަތާ ގުޅޭ ގޮތުންކަމަށް އެ މިނިސްޓްރީން މަޢުލޫމާތުދެއްވައެވެ.
[caption id="attachment_204607" align="alignnone" width="1024"]<img class="wp-image-204607 size-large" src="https://cdn.dhen.mv/wp-content/uploads/2023/11/F_NANCdbcAAKHjw-1024x664.jpg" alt="" width="1024" height="664" /> ފޮޓޯ: ހެރިޓޭޖް މިނިސްޓްރީ[/caption]
މީގެ އިތުރުން، ދިވެހިންގެ މެދުގައި ފަލަސްޠީނާ މެދު އޮތް ލޯބި ފެނި މި ހިތްދަތި ދަނޑިވަޅުގައި ދިވެހި ލޮބުވެތި ރައްޔިތުންގެ ފަރާތުން ފަލަސްޠީނުގެ އަޚުންނާއި އުޚުތުނަށް ވެދެއްވާ އޯގަތެރިކަމާއި ބަހައްޓަވާ ގާތްކަން ފަލަސްޠީނުގެ ސަފީރު ވަނީ ފާހަގަކުރައްވާފައިވެއެވެ.
އަދި މިކަން މިގޮތަށް ދަމަހައްޓަވައި ދެއްވުމަށާއި އަޑު އުފުލުން މަތީ ދެމި ތިއްބެވުމަށް އެމަނިކުފާނު ވަނީ ދިވެހި ލޮބުވެތި ރައްޔިތުންގެ ފަރާތުން އެދިވަޑައިގެންފައެވެ. ފަލަސްޠީނުގެ ޙާލަތަކީ ދިވެހީންގެ އެންމެ ހަގު އުމުރުފުރާއިން ފެށިގެން އެންމެ ދޮށީ އުމުރުފުރާގެ ފަރާތްތަކާ ހަމައަށްވެސް އެއް ޝުޢޫރެއްގެ ގޮތުގައި އޮތް މައްސަލައެއްކަން ވަޒީރު އަލްފާޟިލް އާދަމް ނަޞީރު އިބްރާހިމް ފާހަގަކުރެއްވިކަމަށް އެ މިނިސްޓްރީއިން ވިދާޅުވެފައިވެއެވެ.







ކޮމެންޓް