އީވާ ވަކިކުރަން ހުށަހެޅި މައްސަލައިގެ ނޯޓިސް ފޮނުވައިފި

ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސްކަމުން އީވާ އަބްދުﷲ ވަކިކުރަން ހުށަހެޅި މައްސަލައާ ގުޅިގެން އޭނަ އަށް އެކަމުގެ ނޯޓިސް ފޮނުވައިފިއެވެ.
މި މައްސަލަ ހުށަހަޅާފައިވަނީ ރައީސް މުހައްމަދު ނަޝީދުގެ އިތުބާރު ނެތް ކަމުގެ މައްސަލައެއް މަޖިލީހަށް ހުށަހެޅިފައި އޮތް އިރު އެ މައްސަލަ ކުރިއަށް ގެންދިއުމަށް އީވާ ހުރަސް އެޅުއްވުމުންނެވެ.
އީވާ މަޤާމުން ވަކި ކުރުމަށް އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕުން މަޖިލީހުގެ ތަޅުމަށް ޤަރާރު ހުށަހަޅާފައި ވަނީ 50 މެންބަރުންގެ ސޮޔާއެކުއެވެ.
އިތުބާރު ނެތް ކަމުގެ މި މައްސަލައިގައި ސޮއި ކުރެއްވީ އެމްޑީޕީގެ 49 މެންބަރުންނާއި އަމިއްލަ މެންބަރެއްގެ ގޮތުގައި ހުންނެވި ނޮޅިވަރަމް ދާއިރާގެ މެންބަރު މުހައްމަދު ނަޝީދުއެވެ.