ޚަބަރު

ޕީޕީއެމް އިން މަލީޙް ސަސްޕެންޑްކޮށްފި

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

ޕީޕީއއެމްގެ ސެނެޓަރެއްގެ މަޤާމުގައި ހުންނަވައިގެން އެ ޕާޓީ ބަދުނާމުކުރައްވައި ޕާޓީ ބައިބައިކުރުމުގެ މަސައްކަތްތަކެއް ކުރައްވާފައިވާކަމަށް ތުޙުމަތުކޮށް ކުރީގެ މިނިސްޓަރު މުހައްމަދު މަލީޙް ޖަމާލް ޕާޓީގެ ހަރަކާތްތަކުން ސަސްޕެންޑްކޮށްފިއެވެ.

Ads by MWSC

އެ ޕާޓީން އެކަން އަންގައި މަލީޙްއަށް ފޮނުވި ސިޓީގައި ބުނެފައިވަނީ ޕީޕީއެމް ބައިބައިކުރެއްވުމުގެ މަސައްކަތްތަކެއް މަލީޙު އިސްކޮށް ހުންނަވައިގެން ކުރައްވާކަމަށާއި، އެގޮތުން ޕާޓީގެ ލީޑަރޝިޕަށް ނުވތަ ޕާޓީގެ ސެނެޓަށް އެނގުމެއްނެތި، މަލީޙް އަމިއްލަފުޅަށް ކޮމިޓީތައް އުފައްދަވާފައިވާކަމަށެވެ.

ައަދި ޕާޓީގެ އަސާސީ ޤަވާއިދާ ޚިލާފަށް ޕާޓީގެ ލީޑަރޝިޕް އަދި ސެނެޓުގެ އެއްވެސް މަޝްވަރާއެއްނެތި ޕާޓީގެ ނަމުގައި ޕްރެސް ކޮންފަރެންސްއެއް ބާއްވަވައި އެ ޕްރެސް ކޮންފަރެންސްގައި ޕާޓީގެ އަސާސްތަކާއި ޚިލާފަށް ޕާޓީ ބަދުނާމުކޮށްފައިވާކަމަށްވެސް އެ ސިޓީގައި ފާހަގަކުރައްވާފައިވެއެވެ.

ޕީޕީއެމްއިން ބަޔާންކުރާ ނޫސްވެރިންގެ ބައްދަލުވުމުގައި ޕީޕީއެމްގެ ރައީސްގެ އެދުމުގެ މަތިން ޚާއްސަ ކޮމެޓީއެއް އުފެއްދި ކަމަށް މަލީޙްވަނީ ހާމަ ކުރައްވާފައެވެ. އަދި ޕީޕީއެމްގެ ތަރުޖަމާނު ކަމުން ހީނާ ވަލީދު އިސްތިއުފާ ދެއްވި ކަމަށް ވެސް ވަނީ ވިދާޅުވެފައެވެ. ނަމަވެސް ހީނާ ވަނީ އެވާހަކަ ދޮގުކޮށްފައެވެ.

މި ސަބަބުތަކާހުރެ، އެޕާޓީގެ ހަރަކާތްތަކުން މަލީޙް ސަސްޕެންޑްކުރެވިފައިވާކަމަށް ސިޓީގައި ބަޔާންކޮށްފައިވެއެވެ. އަދި އެ މައްސަލަ ޕީޕީއެމްގެ ސުލޫކީ ކޮމިޓިއަށް ފޮނުވާފައިވާނެކަމަށާއި ކޮމިޓީން ގޮތެއް ނިންމަވަންދެން ޕާޓީގެ އެއްވެސް ހަރަކާތެއްގައި ބައިވެރިނުވެވޭނެކަން މަލީޙްއަށް ވަނީ އަންގާފައެވެ.

Ads by Ooredoo
  1. ޢަޒްލާ

    ގުޑްލަކް

  2. ތިބޭތި

    ކޮބާ އަދުރޭ އަދި ނޭފަރޭ ހުންނާނެ މިހާރު ތަމެންނަށް ރަނގަޅަށް ރާކަނި މަސްކެވިފައި އެންމެ މުހިއްމު ވަޒީރު ކަމަށްވާ މާލީ ވަޒީރު ދައްކަނީ އަޑުއެހުމުން ވާހަކަ ދައްކައިގެން ވޯލްޑް ބޭންކް އަދި އައިއެމްއެފް އިން އަންނަ ކަނޑުކޮހުން ދައްކާ ވާހަކައޭ އޭނާގެ އަމިއްލަ ސިކުނޑިން އެއްވެސް ކަމެއް ކުރަން ނޭގެއޭ ނުވެސް އިނގޭނެއޭ ޖިހާދު މެން ފަދަ ސިންގާ މާލީ ވަޒީރުން ތިއްބާ ކަނޑުކޮހުންނަށް ވަޒީރުކަން ދީގެން ތަމެން ގަޔާ ދުރަށް އަދުރޭ އާއި ގުޅިގެން އަތުބުރު ނޫންތޭ އަދުރޭ ތަ ދެފައިދަނޑިއަށް ސީލެޗޭ ވަރުކުރާނަމޭ ތަ ބަލަން ހުންނާތި މަމެން ވަރަށް ގަޔާވާ ކަމެއް ސިޔާސީ ގޮތުން ގަމާރު މީހުންނަށް އެމެންނަކީ ގަމާރުން ކަން ސާބިތުކޮށް ދިނުމަށް އަދުރޭ ތަށް ނުވެސް އިނގޭނެއޭ ގޮސްޓް ޕޮލިޓިކްސް އެ ދަންނަ މީހުން ރާއްޖޜގައި 10 މީހުން ވެސް ނުތިބޭނެއޭ ތަހުރޭ ތައްޔާރަށް ޗެޓް ޖީބީޓީ ގޮތަށް އޮޓޯ މޯޑް ގައި ސަރުކާރުގެ އޮފްދާރު ކަނޑުވާނަން ފުރަތަމަ 100 ދުވަހު ގޮންޖަހާފައި މިބުނަނީ ކުރާނަމޭ