ރާއްޖޭގެ ތާރީހުގައި ވެސް ރިޒާވަށް އެންމެ ބޮޑު އަސަރެއް ކުރީ މިއަހަރު: ވޯލްޑް ބޭންކް
މިއީ ރާއްޖޭގެ ތާރީހުގައި ވެސް ރިޒާވަށް އެންމެ ބޮޑު އަސަރެއް ކުރި އަހަރުކަމަށް ވޯލްޑް ބޭންކުން ބުނެފިއެވެ.
ރާއްޖޭގެ އިގުތިސާދީ އަދާހަމަ ''ބެޓަން ޑައުން ދަ ހެޗަސް'' ރިޕޯޓު އާންމުކުރުމަށް އެ ބޭންކުން ބުނީ ތަރައްގީގެ ބޮޑެތި މަޝްރޫއުތައް ރާއްޖޭގައި ކުރިއަށްދާތީ ދަރަނި ނަގާވަރު ވަރަށް ބޮޑަށް އިތުރުވެފައިވާ ކަމަށާއި އެއާއެކު ބްލޭންކެޓްކޮށް ހުރިހާ އެންމެންނަށް ފިއުލް ސަބްސިޑީއާއި އެހެން ސަބްސިޑީތައް ދޭ ކަމަށެވެ.
އަދި 2020 ވަނަ އަހަރު އެ ޤައުމުގެ ޖީޑީޕީ 34 އިންސައްތަ ދަށަށް ގޮސްފައިވަނީ ބަލިމަޑުކަމުގެ ސަބަބުން އިޤްތިޞާދީ ކުރިއެރުމުގެ މައި ޑްރައިވަރު ފަތުރުވެރިކަން ހުއްޓުމަކަށް އައުމުންން ކަމަށާއި 2022 ވަނަ އަހަރު ދުނިޔޭގެ ބާޒާރުގައި ތަކެތީގެ އަގުއުފުލި، އެތެރޭގެ އިންފްލޭޝަނާއި، ސަރުކާރުގެ މާލީ ހާލަތާއި، ބެލެންސް އޮފް ޕޭމަންޓަށް ޕްރެޝަރު ކުރިމަތިވުމުގެ ސަބަބުން ރާއްޖެއަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާ ކަމަށް ބުނެފައިވެއެވެ.
މީގެ އިތުރުން ސަޕްލިމެންޓްރީ ބަޖެޓުގެ ގޮތުގައި 6.5 ބިލިއަން ރުފިޔާ ހުށަހެޅިއިރު, އެ އަދަދު ހޯދަން ބޮޑެތި ގޮންޖެހުންތައް ކުރިމަތިވާނެ ކަމަށާއި ރާއްޖޭގެ ރިޒާވު ވަނީ 592 މިލިއަން ޑޮލަރަށް ދަށްވެފައިކަމަށް ބުނެފައިވެއެވެ.
އަދި މި އަދަދުން ހަމައެކަނި ހަމަޖައްސާލެވޭނީ 1.9 މަހުގެ އިމްޕޯޓުންކަމަށް ވޯލްޑް ބޭނުން ބުނެއެވެ.