ޚަބަރު އިޖުތިމާޢީ

އުރީދޫ ''ފަން ރަން''ގެ ކިޓަށް އޯޑަރު ކުރި މީހުނަށް ކިޓްތައް ބަހަން ތައްޔާރުވެއްޖެ

ޙައްވާ އިނާޝާ ، ދެން އޮންލައިން

އުރީދޫ ފަންރަން 2023ގެ ކިޓަށް އޯޑަރު ކުރި ފަރާތްތަކަށް ކިޓްތައް ބަހަން އެ ކުންފުނިން ތައްޔާރުވެއްޖެއެވެ.

Ads by Sosun Fihaara

އުރީދޫއިން ބުނީ ފަންރަން ކިޓްތައް ޑެލިވަރީ ކުރަން މޫލީން ތައްޔާރުވެފައިވާއިރު، އެ ކިޓު މިހާރުވެސް މޫލީ މެދުވެރިކޮށް ގަންނަން ލިބެން ހުންނާނެ ކަމަށެވެ.

އުރީދޫ ފަން ރަން ކިޓްތައް ދެ ކެޓަގަރީއަކަށް ލިބެން ހުންނާނެ ކަމަށް އެ ކުންފުނިން ހާމަކުރެއެވެ.

އެގޮތުން 100 ރުފިޔާގެ ސްޓޭންޑަޑް ކިޓްތަކުގައި ފަން ރަން ޓީޝާޓާއި ރިސްޓްބޭންޑް ހިމެނޭ 200 ރުފިޔާގެ ފަން ކިޓްތަކުގެ ތެރޭގައި ފަންރަން ޓީޝާޓަކާއި ރިސްޓްބޭންޑާއި ފޮތި ކޮތަޅާއި ލޮލުގައި އަޅާ ގުގުލްސް އަދި މަލްޓިޕާޕަސް ބަނޑާނާ ހިމެނޭކަމަށް އުރީދޫން ބުނެފައި ވެއެވެ.

އުރީދޫގެ ފަން ރަންގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކަށް މި މަހުގެ 30 ވަނަ ދުވަހާއި ހަމައަށް އެކަމަށް ޚާއްޞަ ކުރެވިފައިވާ ލިންކު މެދުވެރިކޮށް ރެޖިސްޓާ ވެވޭނެ ކަމަށް އުރީދޫއިން ބުނެފައި ވެއެވެ.

އުރީދޫ ފަން ރަންގައި ބައިވެރިވުމުގެ ފުރުސަތު، ހަ އަހަރުން މަތީގެ ހުރިހާ ފަރާތްތަކަށްވެސް ވަނީ ހުޅުވާލާފައެވެ.

އުރީދޫއިން ބުނީ ފަސް ކިލޯމީޓަރުގެ މި ކުރު ދުވުމުގައި ކޮންމެ ކިލޯމީޓަރެއް ދުވެ ނިމުމުން، ބެހެއްޓިފައިވާ ސްޓޭޝަންތަކުގައި، ކުލައިގެ އިތުރުން ފެނާއި ފޯމްގެ މަޖާ ހަރަކާތްތަކެއް ކުރިއަށްދާނެ ކަމަށެވެ.

މީގެ އިތުރުން އުރީދޫއިން ބުނީ މިއީ ވަކި ވަގުތެއްގެ ތެރޭގައި ނިންމަން ޖެހޭ ރޭހަކަށް ނުވާތީ، ހިނގާފައި، ނުވަތަ ދުވެފައި ވެސް ރޭސް ނިންމިދާނެ ކަމަށެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!