ޚަބަރު

ގިސްލަމުން ޑރ. ޖަމީލު ވިދާޅުވީ ރައީސް ޔާމީން ހުންނެވީ ގިނިކަންޏާ ކަމަށް

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

ކުރީގެ ރައީސް އަބްދުالله ޔާމީން އަބްދުލްްޤައްޔޫމް މިވަގުތު ހުންނެވީ ގިނިކަންޏާ ކަމަށް, އެމަނިކުފާނުގެ ލޯޔަރު ޑރ. މުޙައްމަދު މަޖީލު އަޙްމަދު ވިދާޅުވެއްޖެއެވެ.

Ads by MWSC

ޑރ. ޖަމީލް މިިހެން ވިދާޅުވެފައިވަނީ ޕީޕީއެމް ދުރަށް ޖެހި ވަޑައިގެން ރައީސް ޔާމީން އައު ސިޔާސީ ޕާޓީއެއް އުފައްދަވަން މަސައްކަތް ކުރައްވަމުން ގެންދަވާ ދަނޑިވަޅެއްގައެވެ.

ޗެނަލް13އަށް ދެއްވި އިންޓަރުވިއުއެއްގައި ޑރ. ޖަމީލް ވިދާޅުވީ, ރައީސް ޔާމީން ބޭނުންފުޅު ވަނީ ސިޔާސީ މަސައްކަތް ކުރައްވަން ކަމަށާއި ނަމަވެސް އެކަމުގެ މަގު މިއަދު ބަންދުވެފައިވާ ކަމަށެވެ.

"ކޮން ޕާޓީއެއްތޯ އޮތީ ރައީސް ޔާމީނާއެކުގައި, ޕީޕީއެމްގެ ލީޑަރޝިޕެއް ރައީސް ޔާމީނާ ބައްދަލު ކުރައްވާކަށް, ރައީސް ޔާމީނާ ބައްދަލު ކުރައްވާކަށް ބޭނުމެއް ނުވޭ. އަބްދުއްރަޙީމް ނޫނީ އެހެން ބޭފުޅަކު ވަޑައިގަތްތޯ, ނުގަނޭ. ސެނެޓެއް ބައްދަލު ކުރާކަށް ބޭނުމެއް ނުވޭ" ޑރ. ޖަމީލު ގިސްލަމުން ވިދާޅުވިއެވެ.

އެމަނިކުފާނު މިއަދު ގިނިކަޏާ އެހުންނެވީ

ޑރ. ޖަމީލު އިތުރަށް ވިދާޅުވީ, ސިޔާސީ މަސައްކަތުގައި އެމަނިކުފާނު އެކަހެރިކޮށްލިޔަސް, ރައީސް ޔާމީންގެ ލޯބިވާ ބަޔަކު އެބަތިބި ކަމަށާއި ރައީސް ޔާމީންގެ ސިޔާސީ މަސައްކަތް އެ ފަރާތްތަކާއެކު ކުރިޔަށް ގެންދާނެ ކަމަށެވެ. އަދި އައު ސިޔާސީ ޕާޓީ އުފެއްދެވީ އެސަބަބާ ހުރެ ކަމަށް ވިދާޅުވިއެވެ.

"الله އިރާދަފުޅާއެކު ރައީސް ޔާމީނަށް ކާމިޔާބު ވާނެ" ޖަމީލު ވިދާޅުވިއެވެ.

  1. Yamin jalah badhalu kollanjehenee Kuvverin thibenjehenee jaluga

  2. ހަސަން ނިހާދު

    ރައިސް ޔާާމީން މިހާރު ވިސްނޭނެ ރައިސް މައުމޫނަށް ހެދުނު ގޮތް

  3. ހަސަނުގެ ދަރި ލަތީފް

    މަހިތުން މައުމޫނަށްވީހެން ޔާމީނަށް ވެސްވީ ތޯއްޗެ ވެރިކަމުގަ މުއިއްޒު ހުއްޓަސް ބާރުވެރިކަން ޔާމީނު ބޭނުންވަނީ ކަންނޭގެ އެހެން ނުވީމަ ކަންނޭގެ އެއުޅެނީ . ކޮޮންމެ ކަމަކީ ވެސް ﷲގެ އިރާދަފުޅުން ހިނގާ ކަންތައްތައް. މުއިއްޒުއާއެކު ޔާމީނު ފަސްއަހަރު ކެތްކޮށްލިނަމަ.

  4. ގިސްލިޔަސް އަޑުހާނެ ކުއްޖަކު ނެތް މިހާރަކު.!

    • ސަންނަ

      ނޫނެ. ތީހަމަ ހީވާ އެއްޗެއް.

  5. ހިނިއަންނަނީ

    ކަލޭމެން ސިއާސީމީހުން ހަމަބުއްދިފިލާދިއައީބާ ޖަމީލު އަހަރެމެންވެސްމިތިބީ ގިނިކަންޏާ އާމީނު އެކަނިނޫން އކަމާ ޖަމީކުދެރަނުވޭތަ

  6. ޒިންދާބާދު

    ރައީސް ޔާމީން ޒިންދާބާދު ޕީޕަލްސް ފްރަންޓް ޒިންދާބާދު 2028 ޒިންދާބާދު ރައީސް ޔާމީން ޒިންދާބާދު ޕީޕަލްސް ފްރަންޓް ޒިންދާބާދު 2028 ޒިންދާބާދު ރައީސް ޔާމީން ޒިންދާބާދު ޕީޕަލްސް ފްރަންޓް ޒިންދާބާދު 2028 ޒިންދާބާދު ރައީސް ޔާމީން ޒިންދާބާދު ޕީޕަލްސް ފްރަންޓް ޒިންދާބާދު 2028 ޒިންދާބާދު ރައީސް ޔާމީން ޒިންދާބާދު ޕީޕަލްސް ފްރަންޓް ޒިންދާބާދު 2028 ޒިންދާބާދު ރައީސް ޔާމީން ޒިންދާބާދު ޕީޕަލްސް ފްރަންޓް ޒިންދާބާދު 2028 ޒިންދާބާދު

    • ކިޔުންތެރިޔާ

      ޔާމީނު ގޮތައް މޮޔަ ގޮވަނީބާ،؟ �

  7. އިއްބެ

    އެބަޔަކުއުޅޭގޮތާއިދިމާވާކަންތަކަށްމިންވަރަށްއީމާންވާންޖެހެއެވެދުނިޔޭގައިތިނިއެއްމެގޮތެއްނެތްބައަކީސިޔާސީމީހުނެވެހަމަްެއްލަމައެއްއަދުލެއްއިނސާފެއްނޯންނާނެއެވެކުކުޅުހާލަކާއިއުޅުންތަފާތެއްނުވާނެއެވެއަތުޖެހޭނަމަކަރައްއަތްބާނާފައިދަމާގަންނާނެއެވެ

  8. ޢަޒްރާ

    ޔާﷲ ޖަމީލުގެ ނުބައި ރޭވުންތަކުން ރ ޔާމީން ސަލާމަތް ކުރައްވާ އަމިއްލައަށް ހެޔޮިސްނުން ވިސްނުމުގެ ހެޔޮ ތައުފީގު ދެއްވަވާނދޭވެ. ޢާމީން

  9. އިރާދަކުރެއްވިއްޔާ ރ.ޔ އަށް ސިޔާސީ މިދސަ

  10. މަކަރުވެރީން ވ.ރީތިކޮށް ބަލިވެގެންދާތަން ނިކަން ބަލަންތިބޭ މިހާރުވެސް ދަނީ ފަހަތަށްބަލަމުން

  11. ޢަބްދޫ

    އެކަނި ވެގަތީ އަމިެްލަ އަށް.ގާނޫނީ ހުރަސް ހުރެ އިންތިހާބަށް ކުރިމަތި ނުލެވޭނެ ކަން އެގިހުރެ އިލެކްސަނަށް ފޯމްހުށަހަޅާ އެހެން މީހަކު އިންތިހާބަށް ނުކުތަ ނުދޭން ޔާމީނު ނިންމި ހިސާބުން ޔާމީނުގެ އަމިެްލަ އދުންފެނި މީހުން ފޫހިވެއްޖެ.ގާނޫނީގޮތުން ޕީޕީއެމް ގެ ރައީސަކަ ށް ޔާމީނު ނޫވާގޮތް ގާނޫނަށް އިސްލާހުގެނެސްގެން ހެދީ ޔާމީނު އަމިެްލަ އަށް ނޫންތަ އެހެނވެ ޔާމީނަކީ މިވަގުތު ޕީޕީއެމްގެ އެއްވެސް މަގާމެއްގަ ހުރި މީހަކަށް ނުވާއިރު ސެނެޓާ ދެކޮޅަށް ގްރޫޕެއް ހަދައިގެން ނިކުމެގަތުމަކީ އަމިއްލަ އެދުން ބޮޑު މިންވަރު ފާލުވެގެން ދިއުން.އެކަނި ވެރިވީ ސިޔާސީގޮތުން މީހާގެ އަނަލު ބަހައްޓަންޖެހޭގޮތް ވެރިކަމުގަހުރެ 54 މެމްބަރުންގެ މަޖިލިސް ގެ މެޖޯރިޓީ ގެއްލުނު ފިލާވަޅުން ވެސް ދަސްނުވީމަ.އެޖަނިވެރިވީ މިހެންވެ.

  12. ދަރަނި ދަންތުރަ

    ރައީސް ޔާމީނު ހުއްނެވީ ގިނިކަންޏަކާ ނޫން އާއްމު މެންބަރުން ތިބީ ރައީސް ޔާމީނާ އެކު ، ހުރިހާ މީހުންނަކީ ފަޒީފާގެ އަޅުންނެތްނޫން

  13. ބަޢާވާ ކުރަން އުޅޭމީހުން ޖެހޭނީ އަބަދުވެސް ގިސްލާ ރޯލަން ތިބެން !

  14. ދިޔާޒު

    ޖަމީލަށް ވެރިކަން ހޯދައިދޭން މި ޖެހުނީ ރޔ އަށް. ނޫނޭ ސަޅި. ތީތީ ވަރަށް މޮޅު އިނގޭ ހުވާ

  15. ބެއްޔާ

    ތިމާއަށް އުޅެވުނުގޮތުން މިހާރު ތިޔަހުރީ އެއްކޮޅެއްގައިވެސް ލައްވާނުލާފައި. މިހާރު ތިޔާގެ ބޭނުންކުރާނެ މީހަކުނުހުންނާނެ.

  16. ޖަމީލު ގުތަފާލިމަތީ ދަޑިން ތަޅާބަލަ އޭރުން ގަޔަށް ބުރާނެ

  17. ދޮން ކަމަނަ

    ތީ ހުސް މަކަރުވެރި ކަމުގެ ކަރުނަ .ހަސަދައިގެ ކަރުނަ . ފިތުނައިގެ އަސަރު

  18. ކިޔުންތެރިޔާ

    ރ. ޔާމީނަކީ އަމިއްލަ އެދުން ބޮޑު މީހެއް. ޑރ. ޖަމީލަކީވެސް ހަމަ އެކަހަލަ މީހެއް. އެހެންވީމަ ކާކު މި ދެމީހުން ލާގެން އުޅޭނީ.

  19. އަރިނަވާޕުކޭ

    ކަލޯ މިކަލޭގެއަށް ކަމުދިޔަ ވެރިއަކު ދައްކަބަލަ. މިހުރިހާވެރިންވެސް މީނާގެންގުޅުނީ ވަރަށް އަރިހުގައި މިނަޔާ ހަސަން ސައީދަކީ ވެރިކަމަށް ފެންބޮވައިގެންފައި ތިބި ދެމީހުން ދެންކިހިނެތް މީނާގެންގުޅޭނީ. ރައީސް މައުމޫނު ކަމަކު ނުދިޔަ، ރައީސް ނަޝީދު ކަމަކުނުދިޔަ، ރައީސް ޔާމީނު އަށް ކެހިދީފައި ވެރިކަމަށް އަރަން އުޅުނީ. ރައީސް ސޯލިހު ކަމަކު ނުދިޔަ، މިހާރު ރައީސް މުއިޒްވެސް ކަމަކު ނުދިޔަ. މިހާހިސާބުން މިނައަކީ ސިކުނޑި ހަމަޖެހޭ މީހެއްތޯ ޔަގީންކުރަން އެބަޖެހޭ. ޖަނަވާރުވެސް ކާންދޭމީހާއަށް ހަރާންކޯރެއްނުވާނެ.