ޚަބަރު

ހައިކޯޓު ރިސެސްއަށް!

އާއިޝަތު ޝައުނާ ، ދެން އޮންލައިން
ދިވެހި ރާއްޖޭގެ ހައި ކޯޓް -- ދެން އިމޭޖްސް/އިބްރާހީމް ޝަމްވީލް
ކޮންމެ އަހަރަކު ވެސް ޑިސެމްބަރު މަހު ކޯޓުތައް ރިސެސްއަށް ދާ އުސޫލުން ހައި ކޯޓު ރިސެސްއަށް ހިނގައްޖެއެވެ.

ހައިކޯޓުން މަޢުލޫމާތު ދީފައިވާގޮތުގައި އެ ކޯޓު ގޮސްފައި ވަނީ ޑިސެންބަރު 1 ވަނަ ދުވަހުން ފެށިގެން ޑިސެންބަރު 31 ވަނަ ދުވަހުގެ ނިޔަލަށެވެ.

Ads by MWSC

ރިސެސްގައިވާ މުއްދަތުގައި ޤާނޫނުގައި ވަކި މުއްދަތެއްގެ ތެރޭގައި ނިންމުމަށް ކަނޑައެޅިފައިވާ ބާވަތުގެ މައްސަލަތަަކާއި ޙުކުމްކުރުމަށް ބާއްވާ ޝަރީޢަތުގެ މަޖިލިސްތަކާއި އަދި އަވަސް ޠަބީޢަތުގެ މައްސަލަތަކުގެ އިތުރުން އަވަސްކޮށް ހިންގަންޖެހޭ މައްސަލަ ބަލާ ފަނޑިޔާރުންގެ ބެންޗުގަށް އެއްބަސްވެވޭ މައްސަލަތައް ކުރިއަށް ގެންދިޔުމަށް ހައިކޯޓުގެ ފަނޑިޔާރުންގެ އާންމު މަޖިލީހުން ނިންމާފައިވާކަމަށް އެ ކޯޓުން ބުނެފައިވެއެވެ.

ކޯޓުތަކުގެ ގާނޫނުގައިވާ ގޮތުން, ކޯޓުތައް ރިސެސްއަށް ދިޔަ ނަމަވަވެސް އިދާރީ މަސައްކަތްތަކާއި މައްސަލަ ބަލައި ގަތުން މެދުކެނޑުމެއްނެތި ކުރިއަށްގެންދާނެއެވެ. އަދި އެ މުއްދަތުގައި އަޑު އެހުންތައް ނުބޭއްވި ނަމަވެސް ކޮންމެހެން ބާއްވަން ޖެހޭ އަޑުއެހުންތައް ބާއްވާނެއެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!