Wednesday, 28 October 2026
Advertisement
Allied Insurance (leaderboard)
ޚަބަރު

މަރުޙަބާ ކިޔަން ބޭއްވި ޖަލްސާގައި ޤުރުއާން ކިޔަވާ ވިދާޅުވީ އެމްޑީ އަބްދުﷲ, ގިނަ ބައެއްގެ ތައުރީފް

މަރުޙަބާ ކިޔަން ބޭއްވި ޖަލްސާގައި ޤުރުއާން ކިޔަވާ ވިދާޅުވީ އެމްޑީ އަބްދުﷲ, ގިނަ ބައެއްގެ ތައުރީފް

އެސްޓީއޯގެ ސަބްސިޑަރީ ކުންފުނި މޯލްޑިވްސް ގޭހަށް އައްޔަން ކުރެއްވި މެނޭޖިން ޑިރެކްޓަރުންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ އަބްދުﷲ މުހައްމަދު (މަދަނީ އަބްދުﷲ)އަށް މަރުހަބާ ދެންނެވުމުގެ ގޮތުން ބޭއްވި ދިދަ ނެގުމުގެ ޙާއްސަ ރަސްމިއްޔާތު ފެށުމުގެ ގޮތުން އެމްޑީ އަބްދުﷲ ޤުރުއާން ކިޔެވުމުން ގިނަ ބައެއްގެ ތައުރީފް އަމާޒުވެއްޖެއެވެ.

ދިދަ ނެގުމުގެ ރަސްމިއްޔާތު މޯލްޑިވް ގޭސްގެ ފޭސްބުކުން ވަނީ ލައިވްކޮށް ގެނެސްދީފައެވެ.

މީސްމީޑިއާގައި ޚިޔާލުފާޅު ކުރި ފަރާތްތަކުން ވަނީ އެމްޑީ މިއަދު ދައްކައިދިނީ ރީތި ނަމޫނާއެއް ކަމަށް ބުނެ ތައުރީފްކޮށްފައެވެ.

Advertisement
Allied — Dhen Online (box)

ދިދަ ނެގުމުގެ ރަސްމިއްޔާތަށްފަހު ވާހަކަފުޅު ދައްކަވަމުން އެމްޑީ އަބްދުالله ވިދާޅުވީ, ކުރިޔަށް އޮތް ތާނގައި ކޮންމެ ދުވަހަކު އެ ކުންފުނީގެ ހުރިހާ ސައިޓެއްގެ ދުވަހުގެ މަސައްކަތް ފުރަތަމަ ޤުރުއާނުގެ ބަރަކާތުން އެއަށްފަހު ޤައުމީ ސަލާމުން ކަމަށެވެ. އަދި ހަތްފާއަކު އެއް ދުވަހު އެމްޑީ އަމިއްލަފުޅަށް ޤުރުއާން ކިޔަވާ ވިދާޅުވާނެ ކަމަށް ވިދާޅުވިއެވެ.

އެގޮތަށް އެކަން ކުރަން ނިންމާފައިވަނީ ރައީސް ޑރ. މުއިއްޒުގެ ދީނީ އަދި ގައުމީ ތަސައްވުރު ހާސިލް ކުރަން ކަމަށެވެ. އަދި ވިދާޅުވީ އެ ސިޔާސަތަކީ އެއީ ސުކޫލްތަކާއި ވަކި ފަރުދަކަށް ނޫނީ ވަކި ޖަމާއަތަކަށް އޮތް ކަމެއް ނޫން ކަމަށާއި އެއީ މުޅި ގައުމަށާއި އެންމެނަށް ވެސް އޮތް ކަމެއް ކަމަށެވެ.

ރިއެކްޝަން

Advertisement
Ooredoo — Square (box)

ކޮމެންޓް