Saturday, 7 November 2026
Advertisement
HDC — Share-Below (leaderboard)
އިޖުތިމާޢީ

އެމްއެންޔޫއިން ހުޅުމާލޭގައި މެޑިކަލް ކޮލެޖެއް ޤާއިމުކުރަނީ

އެމްއެންޔޫއިން ހުޅުމާލޭގައި މެޑިކަލް ކޮލެޖެއް ޤާއިމުކުރަނީ

ދިވެހިރާއްޖޭގެ ޤައުމީ ޔުނިވާރސިޓީ (އެމްއެންޔޫ)ގެ މެޑިކަލް ކޮލެޖެއް ހުޅުމާލޭގައި ޤާއިމްކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ޤައުމީ ޔުނިވާރސިޓީގެ ވައިސް ޗާންސިލާރ ޑރ. ޝެހެނާޒް އާދަމް ވިދާޅުވެއްޖެއެވެ.

ޑރ. ޝެހެނާޒް މިހެން ވިދާޅުވެފައި ވަނީ ދައުލަތުގެ މީޑިއާ ޕީއެސްއެމްގެ ޕްރޮގްރާމެއްގައި ވާހަކަފުޅު ދައްކަވަމުންނެވެ.

އެގޮތުން އެމްއެންޔޫގެ މެޑިކަލް ސްކޫލް މިހާރު ހިންގަމުން ދަނީ ވަރަށް ކުޑަކުޑަ ޖާގައެއްގައި ކަން ފާހަގަކުރައްވާ ޝެހެނާޒް ވިދާޅުވީ މެޑިސިންގ ދާއިރާއަކީ ފެށުނީއްސުރެ ކޮންމެ އަހަރަކުވެސް ވަރަށް ގިނަ ޢަދަދެއްގެ ކުދިން ޝައުގުވެރިވާ ދާއިރާއެއް ކަމުން ޖާގައިގެ ދަތިކަން ވަރަށް ބޮޑު ކަމަށެވެ.

Advertisement
Ooredoo — Truecaller (box)

އެހެންކަމުން ހުޅުމާލޭގައި އެމްއެންޔޫގެ މެޑިކަލް ކޮލެޖެއް ޤާއިމް ކުރުމަށް ނިންމަވާފައިވާ ކަމަށް ޝެހެނާޒް ވަނީ ވިދާޅުވެފައެވެ.

ޝެހެނާޒް ވިދާޅުވީ ހުޅުމާލޭގައި ޤާއިމު ކުރަން ހަމަޖެހިފައިވާ އެމްއެންޔޫގެ މެޑިކަލް ސްކޫލްގެ ޑިޒައިންތައް މިހާރު ހުރީ ނިމިފައި ކަމަށެވެ.

އެ ތަން ޑިޒައިން ކޮށްފައި ވާނީ ޓީޗިން ހޮސްޕިޓަލަކާއި އެނޫންވެސް އެ ދާއިރާއިން ހުނަރު ހޯދުމަށް ބޭނުންވާނެ އެހެން ވަސީލަތްތަކާއެކު ކަމަށްވެސް ޝެހެނާޒް ވިދާޅުވިއެވެ. މި މަސައްކަތް އަންނަ އަހަރު ތެރޭގަ ފަށާނެ ކަމަށްވެސް އެ ކަމަނާ ވަނީ ވިދާޅުވެފައެވެ.

އެމްއެންޔޫއިން މިހާރުވެސް މެޑިސިން ދާއިރާއިން 196 ދަރިވަރުން އަންނަނީ ތަޢުލީމު ހާސިލްކުރަމުންނެވެ.

ރިއެކްޝަން

Advertisement
Ooredoo — Square (box)

ކޮމެންޓް