ޚަބަރު

އިންތިހާބުގެ ނަތީޖާއާ މެދު ހިތްހަމަ ނުޖެހި، އަމްރު ކަންބޮޑުވުން ފާޅުކޮށްފި

ރައުފާ ރަޝީދު ، ދެން އޮންލައިން

ދަ ޑިމޮކްރެޓްސްގެ ފުރަތަމަ އެތެރޭގެ އިންތިހާބުގެ ވަގުތީ ނަތީޖާ އަދިވެސް އިއުލާނު ނުކުރާއިރު އެ އިންތިހާބުގެ ނަތީޖާއާ މެދު ހިތްހަމަ ނުޖެހޭ ކަމަށް ވިދާޅުވެ، ޑިމޮކްރެޓްސްގެ ރައީސް ކަމަށް ވާދަކުރެއްވި ހުސައިން އަމްރު ކަންބޮޑުވުން ފާޅުކޮށްފިއެވެ.

Ads by MWSC

އެކްސްގައި އަމްރު ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އިންތިހާބާއި ކުރިމަތިލަނީ މޮޅުވާ ފަރާތްތަކާއި ބަލިވާ ފަރާތްތައް ވާނެކަން އެނގިހުރެ ކަމަށެވެ. އަދި ވަރަށް ގިނަ އިންތިހާބުތަކުގައި ވާދަކުރެވިއްޖެ ކަމަށާއި ބައެއް އިންތިހާބުތައް ވަރަށް ކާމިޔާބު ކަމަށް އަމްރު ވިދާޅުވިއެވެ. ބައެއް އިންތިހާބުތަކުން ނާކާމިޔާބުވި ނަމަވެސް އެކަމާ ޝަނުވާކޮށް ނުހަދާ ކަމަށް އަމްރު ވިދާޅުވިއެވެ.

"ފާއިތުވި 15 ވަރަކަށް އަހަރަށް ވުރެ ގިނަ ދުވަހު އަޅުގަނޑާއި އެކު ސިޔާސީ މަސައްކަތް ކުރެއްވި ބޭފުޅުންނަށް އެނގިވަޑައިގަންނަވާނެ އަޅުގަނޑަކީ ދޫދޭން ޖެހޭ ތަންތާ ބޮޑުކޯށް ދޫދޭ މީހެއްކަން. އަދި އަސާސްތަކުގައި ހިފަހައްޓާ މީހެއްކަން ވެސް. އެމްޑީޕީގެ ޗެއަރޕާސަން އިންތހާބަށް އަޅުގަނޑު ނިކުމެ ފަހަތަށް ޖެހުނިން, ޑިމޮކްރެޓްސްގެ ޕާޓީ ކެނޑިޑެސީ އަށް ވާދަނުކޮށް ފަހަތައް ޖެހުނިން" އަމްރު ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ ކަމެއް ގޯހުން ދާނަމަ އެކަމެއް ސީދަލަށް ބުނާނެ ކަމަށާއި އެކަންވެސް ކުރަނީ އެންމެންގެ ވެސް ރަނގަޅަކަށް ކަމަށް އަމްރު ވިދާޅުވިއެވެ.

"މި އިންތިހާބުގެ ނަތީޖާއާ މެދު ހިތްހަމަ ނުޖެހުނަސް އިތުރަށް އެ ނަތީޖާއާ މެދު އެއްޗެސް ދަންނަވާކަށް އަޅުގަނޑު ނޭދެން،" އަމްރު ވިދާޅުވިއެވެ.

އިންތިހާބުގައި އޭނާއާ އެކު ވަރުބަލި ކަމެއް ފޫހިކަމެއް ނެތި މަސައްކަތްކޮށްދިން ސޯޝަލް މިޑީއާ ޓީމަށާއި ވޯޓު ދެއްވި ހުރިހާ ފަރާތްތަކަށް އަމްރު ވަނީ ޝުކުރު އަދާކުރައްވާފައެވެ.

Ads by HDC
  1. އިއްބެއިއްބެ

    އަދިވެސްމީހަކުހޯއްގޮވާލިޔަސްއެދިމާލަކަށްދުވެފައިދެވޭތޯބަލާށެވެތިޔަކަހަލަދެފުށްކެހެރިމީހުނަޢްވާނީތިޔަހެންހަސަންލަތީފާއެކުއެއްވެސްމީހަކަށްއެކުނުވާނެއެމްޑީޕީއޮފީސްހަވާލުވީމައިވީގޮތްއަހަރުމެންނަށްއެނގޭ