Friday, 6 November 2026
Advertisement
MWSC — SmartMeter (leaderboard)
ޚަބަރު

ކޮންމެ ދުވަހަކު ސްކޫލު ސެޝަން ފެށުމުގެ ކުރިން ޤައުމީ ސަލާން ކިޔަނީ

ކޮންމެ ދުވަހަކު ސްކޫލު ސެޝަން ފެށުމުގެ ކުރިން ޤައުމީ ސަލާން ކިޔަނީ

އަންނަ ޓާމުން ފެށިގެން ކޮންމެ ދުވަހަކު ސްކޫލުގެ ސެޝަން ފެށުމުގެ ކުރިން ޤައުމީ ސަލާން ކިޔަން ޖެހޭ ގޮތަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ނިންމަވައިފިއެވެ.

އެކަން ހާމަކޮށްފައިވަނީ މިހާރު ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައެވެ.

ރައީސް ޑރ. މުޢިއްޒު ވިދާޅުވީ ޤައުމިއްޔަތު ދިރުވާ އާލާ ކުރުމަކީ މި ސަރުކާރުގެ ބޮޑު އަމާޒެއް ކަމަށެވެ. އަދި އެކަން ފެށޭނީ ސްކޫލު ދައުރުން ފެށިގެން ކަމަށް ވިދާޅުވިއެވެ.

Advertisement
Allied Insurance — Square (box)

އެގޮތުން ރާއްޖޭގެ ސްކޫލުތަކުގައި ސެޝަން ފެށުމުގެ ކުރިން ޖެނުއަރީ މަހުން ފެށިގެން ޤައުމީ ސަލާމް ކިޔާނެ ކަމަށް ރައީސް މުޢިއްޒު ވިދާޅުވިއެވެ.

"އަޅުގަނޑުމެންގެ އެންމެ މުހިންމު އެއް ވައުދަކީ ޤައުމިއްޔަތު އާލާކުރުން. އެގޮތުން ސްކޫލު ކުދިން, ޤައުމީ ލަވަ ދެކެ ޤައުމީ ދިދަ ދެކެ, ލޯބި ކުރުވަން ޤައުމީ ސަލާމް ކިޔަން" ރައީސް މުޢިއްޒު ވިދާޅުވިއެވެ.

މީގެ އިތުރުން ވެސް މިއަދު ރައީސް މުޢިއްޒު ވަނީ މިއަހަރު ސަރުކާރުގެ ޚަރަދުގައި 50 މީހަކު ޙައްޖަށް ފޮނުވަން ނިންމައި, ހުޅުމާލޭ ދެވަނަ ފިޔަވަހީގައި އިމާރާތް ކޮށްފައިވާ ހިޔާ ފްލެޓުގެ ރައްޔިތުން މަހަކު ދައްކަން ޖެހޭ އަދަދު 3،984 ރުފިޔާއަށް ހަދާ, ކުލި ކުޑަކޮށްދީފައެވެ.

ރިއެކްޝަން

Advertisement
Allied Insurance — Square (box)

ކޮމެންޓް