އެމްއެމްޕީއާރްސީގެ އެމްޑީއަކަށް ފާތުމަތު ތައުފީގު

މޯލްޑިވްސް މާކެޓިން އެންޑް ޕީއާރް ކޯޕަރޭޝަން (އެމްއެމްޕީއާރްސީ) ގެ މެނޭޖިން ޑިރެކްޓަރުގެ މަގާމަށް ފާތިމަތު ތައުފީގު އައްޔަންކޮށްފިއެވެ.
އޭނާ ވަނީ މީގެ ކުރިން އެންވަޔަރުމަންޓް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ) އާއި އެސްއެމްއީ ޑިވެލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަން (އެސްޑީއެފްސީ)ގައި ވެސް މަސައްކަތް ކޮށްފައެެވެ.
އަދި ފާތިމަތު ތައުފީގަކީ މީގެ ކުރިން ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން (ވެމްކޯ)ގެ އެޑްމިން އެންޑް ޕްރޮކިއުމަންޓް މެނޭޖަރު ކަމުގެ މަގާމާއި ލޮޖިސްޓިކްސް މެނޭޖަރުކަން ކުރައްވާފައިވާ ފަރާތެކެވެ.
އޭނާ ތަޢުލީމް ހާސިލްކުރެއްވީ ޔުނިވަސިޓީ އޮފް ދަ ވެސްޓް އޮފް އިންގްލެންޑް އިން ބިޒްނަސް އެޑްމިނިސްޓްރޭޝަންގެ ދާއިރާއިންނެވެ.